ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ބުރަށް ރައީސް ސާލިހު ކުރައްވާ ވޯމަޕަކީ “ފޭކު މީހުންތަކެއް ރި ރެޖިސްޓްރީކުރުން”: އިދިކޮޅުން

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން އިލެކްޝަންސް ކޮމިޝަން (އީސ) އަށް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރި ރަޖިސްޓަރކުރުމުގައި އެމްޑީޕީއިން އޮޅުވާލަމުންދާކަމަށާއި، ފޭކް ފޯމުތައް އޮންލައިންކޮށް ހުށައަޅާފައިވާކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން އިން ތުހުމަތުކޮށްފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރިރަޖިސްޓްރޭޝަން އަށް ހުޅުވާލި ފުރުސަތުގައި 25،000 އަށްވުރެ ގިނަ މީހުން ދެ ދުވަސް ތެރޭގައި ރި ރަޖިސްޓްރީ ކުރުމަށް ހުށައަޅާފައިވާތީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަޑައިގެންފައެވެ.

އީސީއާއި ބައްދަލު ކުރެއްވުމަށްފަހު މީޑިއާތަކާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެންބަރު އަހުމަދު ސައީދު ވިދާޅުވީ، ރި ރަޖިސްޓްރޭޝަންއަށް ފޯމު ހުށައަޅާފައިވާ މީހުންގެ ތެރެއިން 22،000 މީހުން ފޯމު ހުށައަޅާފައިވަނީ އޮންލައިންކޮށްކަމަށެވެ. ބޭރުގެ ގައުމުތަކަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މިހާރު އަތޮޅު ތެރޭގެ ރަށްތަކުގައި ރި ރަޖިސްޓަރކުރުމަށް ހުށައަޅާފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

އޮންލައިންކޮށް މިހާ ގިނަ ފޯމުތައް ހުށައަޅާފައިވާއިރު، އީސީއިން ހަމަޖައްސާފައިވާ ކޮންސަލްޓަންޓް ވިދާޅުވި ގޮތުގައި ހެކް ކުރުމުގެ ވަރަށް ގިނަ އެޓެޕްޓްތަކެއްކޮށްފައި އެބަހުރިކަމަށް ފާހަގަކޮށް ސައީދު ވިދާޅުވީ، އެބޭފުޅުން މިކަމުގައި ކުރައްވާޏީ ވަރަށް ޒިންމާދާރު މަސައްކަތެއްކަމަށެވެ.

ހާމަވެ ޔަގީންވެފަ އޮތްކަމަކީ އަޅުގަނޑުމެންގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވަނީ މި އިންތިހާބުގައި އަތުނުވާ ހިސާބަށް ވަޑައިގެންފަކަން، ކާމިޔާބު ކުރައްވާފަކަން. 60 އަށްވުރެ ގިނަ ޕަސެންޓް މިއޮތީ ރައީސް ސާލިހަށް ނޫނެކޭ ބުނެފަ.

ސައީދު ވިދާޅުވިއެވެ.

ދެވަނަ ބުރަށް ނިކުމެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައިވާ ބައެއް ވާހަކަތަކަށް މި ބައްދަލުވުމުގައި އިދިކޮޅުގެ ލީޑަރޝިޕްއިން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ރިޔާސީ އިންތިހާބު މެޗެއްގެ ގޮތުގައި ސިފަކޮށް، ދެވަނަ ހާފްއަށް ނިކުމެވަޑައިގަންނަވާނީ ޗޭޖިން ރޫމްއަށް ވަދެވަޑައިގެން ވަރަށް ޕްލޭންކޮށްގެނަކަމަށް ރައީސް ސާލިހު ވިދާޅުވެފައިވާތީ، ސައީދު ވިދާޅުވީ ދެވަނަ ބުރަށް އެމްޑީޕީއިން ކުރައްވާ ވާމް އަޕްއަކީ “ފޭކު މީހުންތަކެއް ރެޖިސްޓްރީކޮށްގެން” ކުރާ މަސައްކަތްތަކެއްކަމަށެވެ. އަދި އޭނާ ގޮވާލެއްވީ އެކަން ހުއްޓާނުލަމަށެވެ.

ބޮޑު އަދަދެއް ރިޖެކްޓްވާ އަނެއް ސަބަބުތައް އެބަހުއްޓޭ، ފޭސްއަކާއި އައިޑީ ކާޑްއަކާއި ދިމައެއް ނުވެޔޭ. އަދި ހެކް ކުރުމުގެ ވަރަށް ބައިވަރު ކަންތައްތަކެއް އެބަ ކުރެޔޭ.

ސައީދު ވިދާޅުވިއެވެ.

ހުށައަޅާފައިވާ ބައެއް ފޯމުތަކުގައިވެސް މައްސަލަތައް އެބަހުރިކަމަށާއި، އެގޮތުން އައިޑީ ކާޑްއާއި ފޮޓޯ ދިމާނުވެ އެބަހުރިކަމަށްވެސް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ މިފަދަ މައްސަލަތައް ބެލުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފެއިލްވެފައިވާކަމަށެވެ. އޭސީސީއިން މިފަދަ އެއްވެސް މައްސަލައެއް ނުބައްލަވާކަމަށް މުންދު ވިދާޅުވީއިރު، މި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ގޮތުގައި އިދިކޮޅުން އޭސީސީއަށް 83 މައްސަލަ ވަނީ ހުށައަޅާފައެވެ. ނަމަވެސް މިކަންކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ލިބިފައިނުވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެއްވެސް މުއައްސަސާއަކަށް އިތުބާރު ނެތްކަމަށް އިދިކޮޅުން ބުންޏެވެ. އަދި އިތުބާރު ކުރާނީ ރައްޔިތުންނަށްކަމަށާއި، ގޮތް ނިންމާނީ ރައްޔިތުންކަމަށް ފާހަގަކޮށް، އިންތިހާބުގައި ވާދަވެރި ފަރާތްތަކުން ކުރައްވާ ކަންކަމަށް ފާރަވެރިވެ ތިބުމަށް އިލްތިމާޒް ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: