ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިޔާ އަޑީގައި އޮވެގެން ސަރުކާރުން އިންތިޚާބު ވަގަށް ނެގުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތު އިދިކޮޅުން ކޮށްފި

ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ސީދާ އިންޑިޔާ އަޑީގައި އޮވެގެން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ވަގަށް ނެގުމަށް މަސައްކަތް ކުރަމުންދާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.

ރީ ރަޖިސްޓްރީ ކުރުމަށް ސަރުކާރުން ހުލުވާލި ދެ ދުވަހުގެ ތެރޭގައި މިހާތަނަށްވެސް 25 ހާހަށްވުރެ ގިނަ މީހުން ރަޖިސްޓްރިކޮށްފައި ވާއިރު މީ ގަބޫލުކުރެވޭ އަދަދެއް ނޫން ކަމަށާއި، 7 ދުވަސް ތެރޭގައިވެސް ފުރަތަމަ ބުރުގައި 20 ހަސް މީހުނަށްވެސް ރަޖިސްޓްރި ކުރެވިފައި ނުވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މިކަން ކުރަމުން ގެންދަވަނީ ގަސްތުގައި އޮޅުވާލައިގެން ކަމަށާއި މީ ކުރައްވަން ރާއްވަވާފައިވާ ވައްކަމެއް ކަމަށް ވިދާޅުވިއެވެ.

“ބޮޑުތަނުން މިމަހުގެ 9 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި މި ސަރުކަރު ބަލިވީމައި މިހާރު 2018 ގައި ކަންކުރިގޮތައް މި އިންތިޙާބު ވަގަށް ނެގުމުގެ މަސައްކަތް ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި ކުރައްވަމުން އެބަ ގެންދަވާ. އެހެންކަމުން ޙާއްސަކޮށް އަޅުގަނޑުމެންގެ ރަށްރަށުގައި މި ތިއްބެވި ސަޕޯޓަރުން ވަރަށް ބޮށަށް ސަމާލުވެގެން ފާރަވެރި ވާން އެބަޖެހޭ. ރީ ރަޖިސްޓްރީ ކުރަން ހުޅުވާލި ދެދުވަހުގެ ތެރޭ މިހާރު މިވަނީ 25 ހާހަށްވުރެ ގިނަ މެމްބަރުން ރަޖިސްޓްރީ ކުރެވިފައި. މީ އަޅުގަނޑުމެން ގަބޫލުކުރެވޭ އަދަދެއް ނޫން.” ” މީ ގަސްތުގަ އޮޅުވާލައިގެން ނުބައި ނަންނަމުގަ ފޯމުތައް ވައްދައިގެން ކުރަމުން ގެންދާ ވަރަށްބޮޑު ވައްކަމެއް.” އަބްދުއްރަހީމް ވިދާޅުވިއެވެ.

މި އިންތިޚާބު ޑރ.މުހައްމަދު މުޢިއްޒުއަށް މިހާރުވެސް ބޮޑުތަނުން ކާމިޔާބު ކުރެވިފައިވާ ކަމަށާއި، އިބްރާހިމްް މުހައްމަދު ސޯލިހު ރީތިގޮތުގައި މި އިންތިހާބު ކާމިޔާބު ކުރުމަށް ލާހިކެއް ނޫން ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ. އަދި ކުމުންދޫގެ މެޖޯރިޓީވެސް ލިބިގެން ދާނީ މުޢިއްޒުއަށް ކަމަށް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ތެރޭގައިވެސް މި ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އެބޭފުޅާ އިލެކަޝަން ކޮމިޝަންގެ ރައީސްއަށް ގުޅާލެއްވުމުންވެސް ވިދާޅުވީ އެމަނިކުފާނުގެވެސް ވަރަށްބޮޑު ކަންބޮޑުވުންތައް ހުރި ކަމަށާއި ވަރަށް ގާތުން ބައްލަވާ ދެއްވުމަށްވެސް އެދި ވަޑައިގެންނެވި ކަމަށް ވިދާޅުވިެވެ.

އަބްދުއްރަހީމް ވަނީ މިހާރުން މިހާރަށް ވައްކަން ކުރުމަށް ރާއްވަވަމުން ގެންދަދަވާ ރޭވުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާ، އިލެކްޝަން ކޮމިޝަންއަށް މި ކަންކަން ރަނގަޅަށް ސާފުކޮށް އޮޅުން ފިލުވާފައި ނޫނީ މި އިންތިޙާބުގެ ވޯޓުލުން ބާއްވައިގެން ނުވާނެކަމަށްވެސް  ގޮވާލައްވާފައެވެ.

އަދި އިތުރަށް އަބްދުއްރަހީމް ވިދާޅުވީ މި އިންތިޚާބުން ވައްކަން ކުރުމަށް ޖާގަ ދީގެން ނުވާނެ ކަމަށާއި، މި ވެރިކަމެއް އައިސްގެން މުޅި ސަރުކާރު ދަވާލާ، މުޅި ޤަޢުމު ވިއްކާ ހުސްކޮށްފައިވާކަމާއި އަޅުގަނޑުމެންގެ މިނިވަންކަން ނަގާލައި އަޅުވެތިކޮށްފިކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 80%ހައިރާންވެއްޖެ 20%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: