ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެޔަށް އަމާޒުވާ އުންޑައަކަށް ބިރުން ފިލަންދާ މީހަކަށް ނުވާނަން: އަބްދުއްރަހީމް

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ޕްރެސްކޮންފަރެންސެއްގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލިބޭ އެއްވެސް ގެއްލުމަކަށް ފިލާ މިހާކަށް އޭނާ ނުވާނެކަމަށް ރައީސުޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާމަން އަބްދުލްރަހީމް (އަދުރޭ) ވަރުގަދަ މެސެޖެއް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އަބްދުލްރަހީމް ވިދާޅުވީ މެޔަށް އަމާޒުވެގެން އަންނަ އުންޑައާއި ތީރު ތަކުން ސަލާމަތް ވުމަށްޓަކައި ބިރުން ފިލަން ދާ މީހަކަށް އޭނާ ނުވާނެކަމަށެވެ.

އަންނާނެ ތީރެއް އުންޑައެއް ފެނިގެން އަމާޒުވެގެން މެޔަށް ގަންނާކުރެއްވި ބިރުން ފިލަންދާ މީހަކަށް މަ ނުވާނަމޭ ކަމަކަށް ގޮވާލީމާ މި ގައުމުގެ އިއްޒަތާ އަބުރަށްޓަކައި އަމަށުން ހުރީވިއްޔާ އެތާ އެކަކަށް މަ ވެސް ހުންނާނަމޭ.

ޢަބްދުއްރަޙީމް ކުރި ޓްވީޓުގައިވެއެވެ.

އަބްދުލްރަހީމް މިހެން ވިދާޅުވީ ސީދާ ކާކަށް އަމާޒުކޮށް، ނުވަތަ ރައްދުދެއްވުމުގެ ގޮތުންކަމެއް ސާފެއް ނޫނެވެ.

ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުގައި ހުންނެވުމަށްފަހު އަބްދުލްރަހީމް އާއި އެކުގައި ގިނަ ދުވަސްތަކަކު ސިޔާސީ މަސައްކަތް ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީޏް އަބްދުލްގައްޔޫމް ވަނީ އެ ޕާޓީއިން ވަކިވެވަޑައިގެންފައެވެ. އަދި ޕީއެންއެފްގެ ނަމުގައި ވަކި ޕާޓިއެއް އުފެއްދުމުގެ މަސައްކަތް އެމަނިކުފާނު ދަނީ ކުރައްވަމުންނެވެ.

މީގެ އިތުރުން އާއިލާ ފަރާތްތަކަށް މަގާމުތައް ދޭކަމުގެ ފާޑުކިޔުން ޢަބްދުއްރަޙީމް އަށް އަންނަނީ އަމާޒުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: