ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭގެ، ރައްދު ޖަމީލަށް؛ އެހެން ޕޯޑިއަމްތަކުގައި ދޮގު ވާހަކަ ދެއްކި މީހުން ވެސް އުޅުނު

ޑރ. މުހައްމަދު ޖަމީލް އަހުމަދު އާއި އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ހަނދާން ނައްތާނުލަން ވީ، އެކި ދުވަސްވަރު އެކި ޕޯޑިއަމްތަކުން ފެނުނު ބޭފުޅުންކަމަށާއި ގައުމަށް ހިޔާނާތްވެ އެކަމުގައި ޝާމިލްވީ ކޮން ބައެއްކަން ވެސް ހަނދާނުގައި ބެހެއްޓުން މުހިންމުކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަން ލިބިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގުރުބާނީ އާއި، އެމަނިކުފާނުގެ މައްޗަށް ރައްޔިތުން ކުރާ އިތުބާރެއްގެ ބޮޑުކަމުންކަމަށް ވިދާޅުވެ ޕީޕީއެމް/ޕީއެންސީ އޮފީހުގެ ޖަލްސާއެއްގައި ދާދިފަހުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވާހަކަ ދައްކަވާފައި ވެއެވެ. ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ޖަމީލް އެރޭގެ ޖަލްސާގައި ވާހަކަ ދެއްކެވިއިރު ރައީސް ޔާމީން ވެސް ހުންނެވި އެވެ. އެއީ ބަންދަށް ލިބުނު ލުއިތަކެއްގެ ތެރެއިންކަމަށް ވިދާޅުވެ ރައީސް ޔާމީން ވެސް ބައިވެރިވި ޖަލްސާއެކެވެ.

މި ވާހަކަތައް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށް އަބްދުއްރަހީމް އައްޑޫގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ދެ ދުވަހު ދެގޮތަށް ވާހަކަތައް ދައްކައި ހިޔާލު ބަދަލު ކުރާ މީހަކަށް އޭނާ ނުވާނެ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އަބަދުވަސް ވާހަކަ ދައްކަވަނީ ކަން އޮތްގޮތަށް، ސާބިތުވެ ތިބެގެންކަމަށާއި އަދި ވާހަކަ ދައްކާނީ ވެސް އެއް ޕޯޑިއަމެއްގައި ކަމަށެވެ.

އަބްއްރަހީމް ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދީ، އެ ވެރިކަން ގެނައުމަށް މަސައްކަތް ކުރީ ކޮން ބައެއްކަން ހަނދާނުގައި އެބަހުރި ކަމަށެވެ. އަދި އެ މަންޒަރު މިއަދު ވެސް ލޮލުން ފެންނަހާ، ގިނައިން ކަންކަން ހިނގާފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ގެނައުމަށް އެކި ބޭފުޅުން ދެއްކެވި ވާހަކަތައް ހަނދާނުގައި ވެސް އެބަހުރިކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހަނދާންތައް އަޅުގަނޑުމެން ފިލައިގެން ނުދާނެ… އެމްޑީޕީގެ ސަރުކާރު ގެނައީ ރައީސް ޔަމީންގެ ސަރުކާރު ނިންމަން ނިކުތް ބަޔަކު ދޮގު ހަބަރުތައް ފަތުރައިގެން.. އެ ވާހަކަތަކާ އެކީގަ..

ރައީސް ޔާމީންގެ ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުންތައް އެމަނިކުފާނު ދޫކޮށް، ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރިއިރު އޭގެ ތެރޭގައި ޖަމީލް ހިމެނެ އެވެ. ނައިބު ރައީސަކަށް ހުންނަވަނިކޮށް، ކުރެވުނު ތުހުމަތުތަކެއްގެ ސަބަބުން މަގާމުން ވަކު ކުރުމުން ޖަމީލް ދެން މަސައްކަތް ކުރެއްވީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްއޯޔޫ) އާއި އެކު އެވެ.

އޭރު އެމްއޯޔޫގައި ޖަމީލްއާއި އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފަދަ ބޭފުޅުން މަސައްކަތް ކުރެއްވި އެވެ. އަދި ރައީސް ޔާމީނަށް ވަރަށް ބޮޑެތި ތުހުމަތުތައް ކުރައްވައި ޖަމީލް އާއި ރައީސް ނަޝީދު ދެބޭފުޅުން އެކުގައި ތިއްބަވައި ވާހަކަ ވެސް ދެއްކެވި އެވެ.

އެންމެ ފަހުން ބޭއްވި ޖަލްސާގައި ޖަމީލް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބަށް ބޭނުން ކުރި ދިވެހިންގެ ރާއްޖެ ޝިއާރާއި އެއްވަރަށް ބޮޑު ގުރުބާނީއެއްވީ ރައީސް ޔާމީން ކަމަށެވެ. އަދި އެމަނިކުފާނުގެ ފޮޓޯ ވެސް ވިއްކައިގެން ކަމަށެވެ. އެހެންވެ ޖަމީލް ގޮވާލީ، ޖަލުގައި ރައީސް ޔާމީންވި ގުރުބާނީގެ މަތީން ހަނދާން ނައްތާނުލުމަށެވެ.

އައްޑޫގެ ޖަލްސާގައި އަބްދުއްރަހީމް ވަކިބޭފުޅެއްގެ ނަން ބޭނުން ނުކުރެއްވި ނަމަވެސް ބެލެވޭ ގޮތުގައި ރައްދު ދެއްވީ ޖަމީލަށެވެ. އަދި އައްބުއްރަހީމް އެ މައުޟޫއަށް އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ އޭރުގެ އިދިކޮޅުން ރައީސް ޔާމީންގެ ބޮލުގައި އެތައް އިލްޒާމެއް އެޅުވިއިރު އެއަށް ތާއީދު ވެސް ކުރި، އަދި އިތުރު ދޮގު ފެތުރި ބޭފުޅުން ވެސް ތިބި ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ވެރިކަމާއި ހަމައަށް އާދެވުނު ގޮތް ހަނދާން ނުނެތޭނެކަމަށާއި، މިއީ އެތައް ބައެއްގެ ބުރަ މަސައްކަތް ކަމަށެވެ. އަދި ޕާޓީ ވެރިކަމަށް ގެނައުމަށާއި، ޕާޓީއަށް ދެރަ ދިން ބޭފުޅުން މަތީން ވެސް ހަނދާން ހުންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

އެއް ދުވަހު އެއް ޕޯޑިއަމްގައި.. އަނެއް ދުވަހު އަނެއް ޕޯޑިއަމްގައި ތިބެގެން އަޅުގަނޑުމެންނެއް ސިޔާސީ ވާހަކައެއް ނުދައްކަން..

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ހަނދނާން ނައްތާ ނުލަންވީ ގައުމަށް ހިޔާނާތްވެ، އެކަމުގައި ބައިވެރިވި މީހުން މަތީންނެވެ. އެބޭފުޅުން މަސައްކަތް ކުރީ ކޮން ގޮތަކަށް، ކޮން ބަޔަކާއި އެކުކަމާއި، އަދި އެކި ޓީވީތަކާއި ޕޯޑިއަމްތަކުގައި ވެސް ވާހަކަ ދެއްކެވީ ކޮން ބޭފުޅެއްކަން ހަނދާން ނައްތާނުލަން ވެސް ގޮވާލި އެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 36%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 18%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: