ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ވަނީ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ހިފަހައްޓާފައި: ޖަމީލު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޓަކައި އާ ޕާަޓީއެއް އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ، ޑރ.މުހައްމަދު ޖަމީލު އަހުމަދާއި މުހައްމަދު މަލީހު ޖަމާލް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ޝަރުއީ ނިޒާމުގެ ތެރެއަށް އަތް ބާނަމުންދާކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ތުހުމަތުކުރައްވައިފިއެވެ.

ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުޅުމާލޭގައި ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ ފެންމަތިވުމާއިއެކު، ކަރެކްޝަންސްއިންވަނީ އެމަނިކުފާނަށް ދީފައިވާ ލުއިތައް މުރާޖާކުރާނެކަން ހާމަކޮށްފައެވެ.

ރައީސް ޔާމީނަށް ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އޮތްކަމަށް ދޭހަވާ ގޮތަކަށް ކަރެކްޝަންސްއިން ކޮށްފައިވާ ކޮމެންޓަށް އެމަނިކުފާނުގެ އިސް ވަކީލުގެ މަގާމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ޑރ ޖަމީލުވަނީ ރައްދު ދެއްވާފައެވެ. އޭނާ ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، ކަރެކްޝަންސްއިން ދައްކަމުންދަނީ ބޭކާރު ވާހަކަތަކެއްކަމަށެވެ.

ޑރ ޖަމީލު ވިދާޅުވީ، އިސްތިއުނާފު ކުރުމުގެ ހައްގަކީ ގާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާ އަސާސީ ހައްގެއްކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ނަން ބޭނުންކޮށްގެން ވެރިކަމަށް އައި ސަރުކާރަކުންދަނީ އެމަނިކުފާނުގެ އެ ހައްގުތައް ހިފަހައްޓަމުންކަމަށް އަލިއެޅުއްވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ޖުޑިޝަރީ ނިޒާމު އޮތީ ކަނު އަނދިރީގައި ބިރުން ސިހިފައިކަމަށެވެ. ޑރ ޖަމީލު ވިދާޅުވީ، ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ އަވަސްކުރުމަށް ތަކުރާރުކޮށް ކޯޓުގައި އެދެމުންދާކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: