ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް/ޕީއެންސީ އޮތީ ބަދަހިކޮށް، ދެ ޕާޓީވެސް މުއިއްޒު ދުވެލީގައި ދާނީ ކުރިއަށް: އަދުރޭ

ރައީސުޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާމަން އަބްދުލްރަހީމް (އަދުރޭ).
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް/ޕީއެންސީ އޮތީ ބަދަހިކޮށްކަމަށާއި، ދެ ޕާޓީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުވެލީގައި ދާނީ ކުރިއަށްކަމަށް އެމަނިކުފާނުގެ ހާއްސަ އެޑްވައިޒަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އަބްދުލްރަހީމް ވިދާޅުވީ ޕިީޕީއެމްއަށް ދިރުން ލިބޭނެ ގޮތާ ދިރުން ނުލިބޭނެ ގޮތް އިނގޭނީ އެ ޕާޓީގެ ލީޑަޝިޕަށްކަމަށެވެ. ޕީޕީއެމް/ޕީއެންސީ ހިންގަމުން ދަނީ ވަރަށް ބަދަހި ގުޅުމެއްގެ ތެރެއިން އެކަތި ކަނޑެއްގެ ގޮތުގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕާޓީގެ ލީޑަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުކަމަށާއި، މުއިއްޒު ދުވެލީގައި ދެ ޕާޓީ އާއި ގައުމު ދާނީ ކުރިއަށްކަމަށް ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި މިއީ ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލްގައްޔޫމް އަލަށް އުފައްދަވާ ޕީޕަލް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އަމާޒުކުރާ ފާޑު ކިޔުންތަކަށް ރައްދުދެއްވާ ވިދާޅުވި ވާހަކައެކެވެ.

ރައީސް މުއިއްޒާއި ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކަށްފަހު ރައީސް ޔާމީން އެ ޕާޓީއިން ވަކިވެވަޑައިގެންނެވުމުން އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި، އެހެންވެސް އިތުރު ބައެއް ބޭފުޅުން ޕާޓީއިން ވަކިވެވަޑައިގެންނެވިއެވެ. އެއަށްފަހު އެ ޕާޓީގެ ޖަލްސާތަކުގައި ސަރުކާރަށް ވަރަޑް ބޮޑަށް ފާޑު ވިދާޅުވެއެވެ. ޖަމީލްއާއި އަބްދުލްރަހީމްއާއި ދެމެދު މީގެ ކުރީގައިވެސް ބަހުގެ ހަމަލާތަކެއް ރައްދު ކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: