ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަކަރި ހުއިހައްޕާ މީހުންނަށް ގައުމު ހަވާލު ކުރާކަށް ނުޖެހޭނެ: ޑރ.ޝަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ބަކަރި ހުއިހައްޕާ މީހުންނަށް ގައުމު ހަވާލު ކުރާކަށް ނުޖެހޭނެކަމަށާއި، އެއަށްވުރެ މާ ޤާބިލް ޢިލްމީ ބޭފުޅުން މި ގައުމުގައި އެބަތިއްބެވިކަމަށާއި އެބޭފުޅުން ބަލާ ރާއްޖެ އަންނަނީ އަރަބި ގައުމުތަކުން ޕްރައިވެޓް ޖެޓްތައްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ޕީޕިއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓާއި އެކު ފުވައްމުލަކު ސިޓީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މީހަކަށް ޑރ ކިއުމަކީ ސަމާސާ ވާހަކައެއް ނޫންކަމަށެވެ.

ޑރ.މުއިއްޒުއަށް ތާއިދުކޮށް އެމަނިކުފާނު އިންތިޚާބު ކުރުމަށްޓަކައި ނިކުންނެވީ، އެއީ ރަހްމްތެރި އަދި ދަންނަ ބޭފުޅަކަށް ވާތީކަމަށް ވިދާޅުވިއެވެ. ޑރ.މުއިއްޒްއަކީ ރާއްޖޭގެ މި ޒުވާން ޖީލުގެ ވެރިކަމަށް ކުރިމަތިލައްވާ އެންމެ ތަޢުލީމީ ޤާބިލް ހަމައެކަނި ކެންޑިޑޭޓްކަމުގައި ވިދާޅުވިއެވެ.

ހަމަ އެހެންމެ ރައީސް ޔާމީން ކެބިނެޓުގައި މަސައްކަތް ކުރައްވާފައިވާ ގާބިލު ބޭފުޅަކަށް އެމަނިކުފާނު ތާއީދުކޮށް އެންޑޯޒް ކުރެއްވުމުން ދެން އެކަމާ މެދު އިތުރު ބަޔަކު ނިކުމެ ސުވާލު އުފައްދަން ޖެހޭ ސަބަބެއް ނެތްކަމަށާއ ޗުކުޗުކު ލައްވަންޖެހޭކަމެއް އޭގައި ނެތްކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ މިނިވަންކަން ޑރ.މުއިއްޒުގެ ސަރުކާރއްގައި ދަމަހައްޓާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމުގައި ޝަހީމް ވިދާޅުވިއެވެ. ދިވެހި ގައުމު ބަނޑަށް ނުޖެހޭނެކަމަށާއި އަރަބި ގައުމުތަކުގެ ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރެންޖެހުން ނަމަވެސް އެކަންވެސް އިދިކޮޅުގެ ސަރުކާރެއްގައި ކުރާނެކަމުގައި ވިދާޅިވިއެވެ.

އަރަބި އިސްލާމީ ގައުމުތަކުގެ ރައްޔިތުން ކައިގެން ތިބިއްޔާ ދިވެހި ލޮބުވެތި ރައްޔިތުން ތިބޭނީ ކައިންގެންކަމަށާއި، ދިވެހިރާއްޖެ ބަނޑަކަށް ނުޖެހޭނެކަމުގައި ވިދާޅުވުއެވެ. ފާއިތިވި 10 އަހަރު ރާއްޖެއަށް އައިސްފައިވާ ތަރައްޤީގެ މޭއިސްތިރިއަކީ ޑރ.މުއިއްޒުކަމުގައި ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން އެމަނިކުފާނުގެ ކެވިނެޓްގައި ތިއްބެވީ ޢިލްމީ ޤާބިލް ބޭފުޅުންކަމަށާއި، އެ ބޭފުޅުންގެ މަސައްކަތްތައް ބޭރުގެ ގައުމުތަކުން ބަލައިގެންފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ކެބިނެޓްގައި ޑރ.މުހައްމަދު ޖަމީލް އަހްމަދުގެ އަރިހުގައި އަރަބި ގައުމުތަކަށް ވަޑައިގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވިދާޅިވިއެވެ. އެގޮތުން އެމަސައްކަތްތައް ކުރުމަށް އެބޭފުޅުން ބަލާ އަންނަނީ އަރަބި ގައުމުތަކުގެ ޕްރައިވެޓް ޖެޓްތައް ކަމަށާއި އެބޭފުޅުން ފްލައިޓްތަކުގައި އެ ގައުމުތަކަށް ވަޑައިގަންނަވަނީ ނޫންކަން ފާހަގަކުރައްވާފައިވެއެވެ. ވީމާ މިފަދަ ވަރުގަދަ ޢިލްމީ ޓީމެއް އޮތްއިރު، ބަކަރި ހުއިހައްޕާ މީހުންނާއި ގައުމު ހަވާލު ކުރަން ނުޖެހޭކަމަށް ޝަހީމް ވިދާޅިވިއެވެ.

މީހަކު ކިޔަވައިގެން ޕީއެޗްޑީ ހަަދައިގެން އައުމުން މިއީ ކުޅޭ ކުޅޭކަމެއް ނުންކަމަށާއި، އެމީހަކު އެކަމަށްޓަކައި ކުރި ބުރަ މަސައްކަތުގެ އަގު ވަޒަން ކުރަންޖެހޭކަމުގައި ވިދާޅުވިއެވެ. މީހަކަށް ޑރ.ކިއުމަކީ ސާމާސާ ވާހަކައެއް ނޫންކަމުގައި ވިދާޅުވިއެވެ.

އެއްވެސް ބޭފުޅަކާއި އެއްވެސް ޒާތީކަމެއް ނެތްކަމަށާއި ވެރިކަމުގައި ތިބި ގުޅިފައިވާ ސިޔާސީ ޕާޓިތަކުގައިވެސް ތިބީ ވަރަށް ގާތް އަޚުންކަމަށާއި އެބޭފުޅުން ދެކެ ވަރަށް ލޯބިވާކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް މި ގައުމު ހަމަ މަގަށް އަޅުވަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ. މި ގައުމުގެ ޒަޢާމަތު އިލްމީ ގާބިލް ކެރުންތެރި 24 ގަޑިއިރު ރައްޔިތުންނަށްޓަކައި މަސައްކަތްކޮށްދެއްވޭނެ މީހަކާއި ހަވާލު ކުރަން ޖެހޭކުގައި ވިދާޅުވިއެވެ.

އަދި އެބޭފުޅަކީ ޑރ.މުއިއްޒްކަމުގައި ވިދާޅުވިއެވެ. އަދި މުއިއްޒުގެ ރަނިންގމޭޓް ހުސައިން ލަތީފް ސެންބެ އަކީ ވަރަށް އަޙްލާގް ރަނގަޅު ބޭފުޅެއްކަމުގައި ޑރ.ޝަހީމް ފާހަގަކުރެއްވިއެވެ.

ބޭރު ގައުމެއްގެ ސްޓޭޓެއް އޮޕްރޭޓް ކުރާ އުސޫލުން ރާއްޖޭ އޮޕްރޭޓް ކުރަން ބޭނުން ނުވާކަމަށާއި ކާބަފައިން މިގައުމު މިއަދާއި ހަމައަށް ގެނެސްދީފައިވަނީ ޝަރަފްވެރިކަމާއި ފަހުރުވެރި ގައުމެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ. ހުރިހާ ޒުވާނުން ތެދުވަންވީ ގައުމަށްޓާކައިކަމަށް ވިދާޅިވިއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ޝަހީމް ވިދާޅުވީ، ދިވެހިރާއްޖޭގެ ޢިލްމީ ބޭފުޅަކަށް ބޭރު ގައުމެއްގެ ޝަރަފްވެރި މަޤާމެއްގައި ހުރުުމުގެ ފުރުޞަތު ދިވެހި ސަރުކާރަށް ނުދެވުމުން ދޭހަވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ފެއިލްވެފައިވާ މަންޒަރުކަމަށެވެ. އެފްރިކާ ބައްރުގައި ދިވެހިން ނުދާ ގައުމަކަށް ދިވެހިންނަށް ވިސާ ލިބުމަކީ އަދި ޚާރިޖީ ސިޔާސަތު ވަރުގަދަ ވުމެއް ނޫންކަމުގައި ވިދާޅުވިއެވެ.

މިކަންކަން ބަަދަލްކުރަން ޖެހޭކަމަށާއި، ޒުވާން ޖީލެއް މި ގައުމާއި ހަވާލުވެ ގައުމު ހަމަ މަގަށް އެޅުވުމަށް މަސައްކަތްކުރަން ޖެހޭކަމުގައި ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް އޮތް ހަމަ އެކަނި ދޮރަކީ ޑރ.މުހައްމަދު މުއިއްޒަށް ވެރިކަން ހޯއްދަވައިދެއްވުންކަމުގައި ޝަހީމް ވިދާޅިވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: