ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތީ ސާނަވީ ނިންމާ އިމާމުވެ ހުކުރު ކުރަން ބޭނުންވާ ދަރިވަރުން އެކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިސްލާމީ މަރުކަޒުގައި މިއަދު ކުރި އަޟްހާ އީދު ނަމާދުގެ ތެރެއިން/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޑް 10،11،12 ނިންމާފައިވާ ރީތިކޮށް ގުރުއާން ކިޔަވާ، ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާ ކިއުމުގެ ހުއްދަ ދޭން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ނިންމާ، އެކަމަށް ކުރިމަތުލުމަށް އެ ވުޒާރައިން ހުޅުވާލައިފިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިގޮތަށް އެ ވުޒާރާއިން ނިންމާފައި ވަނީ ޒުވާން އިމާމުންނާއި ހަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެކަމަށް އެދި ހުށަޅާނީ އިލެކްޓްރޯނިކް ފޯމް މެދުވެރިކޮށް ކަމަށެވެ. އަދި މިކަމަށް އެދި ދަރިވަރުން ހުށަހަޅާ ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ.

އެ ފޯމާއެކު ދަރިވަރުގެ އައިޑީކާޑު ކޮޕީ، ތައުލީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ގުރުއާން މުބާރާތުން ވަނަ ލިބިފައިވާނަމަ ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ސްކޫލްގައި އުޅޭނަމަ އެކަމުގެ ލިޔުމާއި، 18 އަހަރު ނުވާނަމަ ބެލެނެވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހިމެނެއެވެ.

އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: