ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖު ކޯޓާގެ އަދަދު އިތުރު ކުރުމުގެ މަޝްވަރާ ދަަނީ ކުރަމުން: ޝަކީލް

ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖަށް މީހުން ގެންދިއުމަށް ސައުދީ އަރަބިޔާއިން ހަވާލުކޮށްފައިވާ ކޯޓާގެ އިތުރުން އިތުރު 500 ކޯޓާ ހޯދުމަށްޓަކައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއިއެކު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ސަންގުޓިވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ޝަކީލް ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން އަވަސް ކުރުމަށްޓަކައި ގިނަ މަަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި މިހާރު ރުފިޔާ ދައްކާފައިވާ މީހުން ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ސައުދީއިން 500 ކޯޓާ ހަވާލުކޮށްފައިވާ ކަމަށާއި އެކަމުގެ މަސައްކަތްތަށް މިހާރު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަނެއް އުފެއްދި މައިގަނޑު އެއްސަބަބަކީ ރައްޔިތުން އެންމެ ހައްޖެއް ވުމަށްޓަކައިވެސް އެތަށް ހަރަދުތަކެއް ކުރާތީ ކަމަށާއި އެހެންކަމުން އެ ކަމުގައި ރައްޔޮތުންނަށް ލުއިގޮތެއް ހޯދައިދިނުމަށް ކަމަށް ޝަކީލް ވިދާޅުވިއެވެ. ޝަކީލް ވިދާޅުވީ ބައެއް އަމިއްލަ ޖަމާއަތްތަކުން 2 ލައްކަ ނުވަތަ ދޮޅު ލައްކަވެސް ހޭދަ ޗާޖްކުރާކަމަށެވެ. އެހެންކަމުން އެކަން ނިމުމަކަށް ގެނެސް ހައްޖުގެ މާތް އަޅުކަން ވީހާވެސް ކުޑަ ހަރަދަކުން ކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އުފެއްދި ކޯޕަރޭޝަނެއްކަމަށް ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ އެ ކުންފުނި އުފެއްދުމަށްފަހު މިއަދާ ޖެހެންދެންވެސް މީހުން ހައްޖަށް ގެންދިއުމަށް ކަންޑައަޅާފައިވާ އަގަށް ބަދަލު ނާންނަކަމަށެވެ. އަދި އެއީ މީގެ 8 އަހަރު ކުރި ކަމަށާއި މިހާރު ތަކެއްޗާ ސައުދީގެ ޓެކްސްތަކަށް ވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ހައްޖު ކޯޕަރޭޝަން ހިނގަމުން އަންނަނީ ބޮޑު ގެއްލުމެއްގައި ކަމަށް ޝަކީލް ވިދާޅުވިއެވެ. އެހެންނަމަވެސް އޭނާ ވިދާޅުވީ ރައްޔޮތުންގެ އަތުން މިހާރު ކަނޑައަޅާފައިވާ ވަރަށްވުރެ ބޮޑު އަގެއް ނަގަން ފަށައިފިނަމަ އެ ،ުންފުނި އުފެއްދި މާތް މަގުސަދު ގެއްލުނީ ކަމަށެވެ.

ރައިސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ އެ މަގްސަދާއި ހިލާފު ނުވާގޮތަށް ހައްޖު ކޯޕަރޭޝްގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށް ޝަކީލް ވިދާޅުވިއެވެ.

ވޭތުވެވެދިޔަ ފަސް އަހަރު ހައްޖު ކޯޕަރޭޝަން ސިފަ ކުރައްވަމުން ޝަކީލް ވިދާޅުވީ އެ ކުންފުނި ހިންގާފައި ވަނީ އެންމެ އެކަށީގެން ވާގިތަށް ނޫންކަމަށެވެ. ހައްޖަށް މީހުން ގެންދިއުމަކީ މާލީ ގޮތުން ގެއްލުމުގައި ހިނގާ ކަމެއް ނަމަވެސް އުމްރާއަށް މީހުން ފޮނުވުމުގެ ކަންކަން ރަނގަޅަށް ކުރުމަކީ އެކަން ފޫބެއްދުމަށް ކުރެވޭނެ އެއް މަސައްކަތް ކަމަށް ވިދާޅުވިއެވެ. އެހެން އެކަންވެސް އެންމެ އެކަށީގެން ވާގޮތަށް ކޮށްފައި ނުވާކަމަށް ވިދާޅުވިއެވެ.

މީގެއުތުރުން އުމްރާއަށް މީހުން ގެނދިއުމުގައި ދުރުވިސްނުމަކުން ވިސްނައިގެން ކަން ކުރަންޖެހޭ ކަމަށާއި ކުރިއެރުމަށް ޓަކައި ކަން ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ޝަކީލް ވިދާޅުވީ އެގިތަށް އެކަން ހިނގައިފައި ނުވާކަމަށާއި އަދި ގެއްލުމަކަށް ކުންފުނި ދާން ދޫކޮށްލާފައި ވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: