ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖުގެ އަޅުކަން ނިންމައި ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި

ރާއްޖެއިން ހައްޖަށް ދިޔަ މީހުންތަކެއް -- ފޮޓޯ: ހައްޖު ކޯޕަރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

1444 ވަނަ އަހަރު ހައްޖަށްދިޔަ ހައްޖާޖީން ދަތުރު ނިންމާލުމަށްފަހު އެނބުރި މާލެ އަންނަން ފަށައިފިއެވެ.

ދިވެހި ހައްޖުވެރިން މައްކާއަށް ފުރީ ހުސްވި ޖޫންމަހުގެ 12 ވަނަ ދުވަހުއެވެ.

ރާއްޖެއިން ހައްޖަށްދާ މީހުންނަށް ހައްޖުކޯޕަރޭޝަންގެ ފަރާތުން އެހީތެރިކަންފޯރުކޮށްދިނުމަށް ހައްޖު މިޝަންގެ ނަމުގައި ހާއްސަ ޓީމެއް ކޮންމެ އަހަރަކު އެކުލަވާލައެވެ.

ހައްޖު މިޝަންގެ ފަރާތުން ސައުދީ އަރަބިއްޔާގައި ހައްޖާޖީންގެ އެކޮމަޑޭޝަންއާއި ހައްޖުގެ މަތިވެރި އަޅުކަމުގެ އެންމެހައި ކަންތައްތަކުގެ އިންތިޒާމް ހަމަޖައްސައިދެމުން ގެންދެއެވެ.

މިއަހަރު ރާއްޖެއަށް ހައްޖަށް ދިއުމަށް 1500 ކޯޓާ ލިބިފައިވާއިރު 1000 ކޯޓާގައި ހައްޖުވެރިން ހައްޖަށް ގޮސްފައިވަނީ ހައްޖުކޯޕަރޭޝަންގެ ހަވާލުގައެވެ.

ހައްޖުކޯޕަރޭޝަންގެ އިތުރުން ހައްޖަށް ގެންދިއުމަށް ހުއްދަދެވިފައިވާ ބައެއް އެހެން ޖަމާއަތްތަކުގެ ބެލުމުގެ ދަށުގައި ހައްޖަށް ގޮސްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: