ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި

ދިވެހި ހައްޖުވެރިންތަކެއް/ ފޮޓޯ: ހައްޖު ކޯޕަރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިފުރުސަތު ހުޅުވާލާފައިވަނީ 24 އޮކްޓޯބަރު 2023ގެ ނިޔަލަށް ކަމަށެވެ.

ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމާބެހޭ އުސޫލުގެ 9ވަނަ މާއްދާގެ ރ ގައި، ޢުމްރާއަށްދާ މީހުން ގެންދިޔުމަށް ކޮންމެ މީލާދީ އަހަރަކު 2 ފަހަރު އިޢުލާންކުރަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން މިއީ މިއަހަރުތެރޭ އިޢުލާންކުރެވޭ 2 ވަނަ ފަހަރެވެ.

މި އުސޫލުގެ 9 ވަނަ މާއްދާގައި ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ، ޢުމްރާއަށް މީހުން ގެންދިޔުމަށް ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވާ ކުންފުނިތަކަށް ދެވޭނެކަމަށް ބަޔާންކޮށްފައިވާއިރު، ހުއްދައަށް ހުޅުވާލުމާއެކު މިހާރު ހުއްދައިގެ މުއްދަތު ހަމަވެފައިވާ ކުންފުނިތަކާއި، ނޮވެމްބަރު މަހަށް މުއްދަތު ހަމަވާ ކުންފުނިތަކަށް ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަަމަށާއި، ޝަރުތު ހަަމަވާ ކުންފުނިތަކަށް ހުއްދަދެވޭނީ 2 އަހަރުދުވަހަށްވެސް  ބުނެއެވެ.

އަދި މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ޢުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދައަށް އެެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް މިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެެކަމަށެވެ.

ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވަނީ 08 އޮކްޓޯބަރު 2023ވާ އަންގާރަދުވަހުން ފެށިގެން 24 އޮކްޓޯބަރު 2023ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: