ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނީ އަސާސްތައް ހިފަހައްޓާ ނަގަހައްޓަވާ ވެރިޔަކީ ރައީސް ޞާލިހް: ދީނީ އިލްމުވެރިންގެ ގުޅުން

ޝެއާރކޮށްލާ ކަހަލަދޯ؟

ދީނީ އަސާސްތައް ހިފަހައްޓާ ނަގަހައްޓަވާ ވެރިޔަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްކަމަށް ވިދާޅުވެ އެމަނިކުފާނަށް ތާޢީދުކުރައްވާކަމަށް ދީނީ ޢިލްމުވެރިން ގުޅުމުން ހާމަކޮށްފިއެވެ.

ރައީސް ޞާލިޙަށް ތާޢީދުކުރައްވާ ވިއްސަކަށް ދީނީ ޢިލްމުވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއާއި، ރައީސް ޞާލިޙަށް ތާޢީދުކުރައްވާ ސިޔާސީ އެކިއެކި ވާހަކަފުޅުތައް ސޯޝަލް މީޑިއާގައި ލިޔުއްވަމުން ގެންދަވާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފާއި، ޝައިޚް އިލްޔާސް ޙުސައިން، ޑރ.ގުބާދު އަބޫބަކުރުފަދަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޢަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ޢިލްމުވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ ދީނީ ޢިލްމުވެރިން ގުޅުމުން ހާމަކޮށްފައިވާ ގޮތުގައި ރައީސް ޞާލިހް މި ދައުރުގައި ދީނީ ކަންކަމާއި ގުޅޭ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. ދީނީ އިލްމުވެރިންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު ވިދާޅުވީ މި ސަރުކާރުން ދީނީ އިލްމުވެރިންގެ އަޑު އަހާކަމަށާއި މިނިވަންކަމާއި އެކު ދިނީ އިލްމުވެރިންނަށް ފުރުޞަތުތައް ތަނަވަސްކޮށްދީފައިވާކަމަށް ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުތަކާއި އަޅާ ބަލާއިރު، މި ދައުރުގައި ރާއްޖޭގައި ދީނީ ޕްރޮގްރާމްތައް ހިނގިފައިވާ މިންވަރު އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން މި ދައުރުގައި 10،697 ޕްރޮގްރާމެއް ހިންގިފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް ޞާލިހަށް ތާއީދުކުރާ އިލްމުވެރިން މިއަދު ބައްދަލުވުމެއް މި ބޭއްވީ، ރާއްޖޭގެ ގިނަ އަދަދަކަށް ދީނީ އިލްމުވެރިން ހިމެނޭ “އިލްމުވެރިންގެ ގުޅުން” ހަރަކާތަށް ނިސްބަތްވާ އިލްމުވެރިންގެ ތާއީދު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އޮތްކަން އިއްޔެ ހާމަކޮށްފައި ވަނިކޮށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދީނީ އިލްމުވެރިން ތާއީދު ކުރަންވީ ކެންޑިޑޭޓެއް ބަލަން އިލްމުވެރިންގެ މެދުގައި އިއްޔެ ވަނީ ޕޯލެއް ނަގާފައެވެ.
އެ އިލްމުވެރިންގެ ވައިބަރ ގުރޫޕުގައި ނެގި މި ޕޯލްއެއްގައި ޑރ.މުއިއްޒަށް 82 އިންސައްތަ އިލްމުވެރިން ވަނީ ވޯޓު ދެއްވާފައެވެ. 150 އަށްވުރެ ގިނަ އިލްމުވެރިން ތިބޭ އެ ގުރޫޕުގައި 132 އިލްމުވެރިން ވޯޓުދެއްވި އިރު 105 ބޭފުޅުންގެ ވޯޓު ލިބިލެއްވީ ޑރ.މުއިއްޒަށެވެ.
އަދާލަތު ޕާޓީއަށް ނިސްބަތްވާ 15 ޝެއިހުންވެސް އެ ގުރޫޕުގައި ތިއްބަވާއިރު, އަދާލަތާއި އެކު ކޯލިޝަން ހަދާފައިވާ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ލިބިވަޑައިގަތީ އެންމެ 5 ވޯޓެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: