ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒު ހުވާ ކުރާ ދުވަހު އިސްލާމީ މަރުކަޒު ސަރަހައްދުގެ ބައެއް ބަންދު ކުރަނީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން - ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރާ ދުވަހު މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު) ބައެއް ބަންދު ކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޮވެމްބަރު 17 ގައި އަސްރު ނަމާދާއި، މަޢްރިބް ނަމާދު ކުރަން އިސްލާމީ މަރުކަޒަށް އަންނަ މީހުން އިސްމީ މަރުކަޒުގެ ދެކުނު ފަޅި ބޭނުން ކުރުމަށް އިރުޝާދު ދޭކަމަށެވެ.

މުއިއްޒު އާއި އެމަނިކުފާނުގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެރިކަމުގެ ހުވާ ކުރުން އޮތީ ޖުމްހޫރީ މައިދާނުގައެވެ.

https://twitter.com/MVIaffairs/status/1721455606031393161/photo/1

އެ ހަރަކާތް ކުރިއަދަނީ އެ ދުވަހު ހަވީރު 4:00 އިންފެށިގެންނެވެ.

މިނިސްޓްރީން ބުނީ އަސްރު ނަމާދާއި މަޢްރިބް ނަމާދު ކުރަން އަންނަ މީހުން މިސްކިތުގެ ދެކުނު ފަޅި މެދު ޒިޔާރަތްމަގު ކުރީގެ ދިރާގު މައި އޮފީހާއި އިރުމަތީފަރާތުން އާޓްގެލެރީ ސަރަހައްދު ބޭނުން ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: