ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގެ ރައްޔިތުންގެ ސަލާމަތަށް އެދި ގުނޫތު ނާޒިލާ ކިއުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި

އިސްލާމީ މަރުކަޒރުގައި ނަމާދު ކުރަނީ_ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ގުނޫތު ނާޒިލާ އަޑު ހަރުކޮށް ކިއުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވަނީ އިޒްރޭލުގެ ސަހްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި، ކުރިމަތިވަމުންދާ ލާއިންސާނީ އަމަލިތަކުން ސަލާމަތްކޮށްދެއްވައި، އަމާންކަމާއި ކެތްރިކަމާއި ރައްކާތެރިކަން ދެއްވުން އެދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ގުނޫތު ނާޒިލާ ކިއުމަށެވެ.

އެގޮތުން ގުނޫތު އަޑު ހަރުކޮށް ކިއުމަށާއި، ނަމާދުގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ކިއުމަށްވެސް މިނިސްޓްރީން އެދިލައްވާފަވެއެވެ.

މިސްކިތްތަކުގައި ގުނޫތު ކިއުމުގައި އެ މިނިސްޓްރީން ނެރުނު ސާކިއުލާގެ ފާހަގަކޮށްފައިވާ ގުނޫތު ކިއުމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް މި ފަހަރު އިޒުރޭލުން ހަނގުރާމަ ފެށިތާ މިވަނީ ދެ މަހެއްހާ ދުވަސްވެފައެވެ. މި ހަނގުރާމައިގައި އިޒްރޭލުން ދަނީ ގިނަ އަދަދެއްގެ މުސްލިމުން ޝަހީދުކޮށް ލާއިންސާނީ އަނިޔާ ކުރަމުންނެވެ. އިޒްރޭލާއި ދެކޮޅަށް ފަލަސްތީނުގެ މުޖާހިދުން ގަދަކޮށްލާފަވާ ކަމަށް ރިޕޯޓްތައް ބުނާއިރު، ހަމާސް ޖަމާއަތުންދަނީ އިޒްރޭލާއި ދެކޮޅަށް ނުކުމެ ހަމަލާތައް އަމާޒު ކުރަމުންނެވެެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: