ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އަހަރުތެރޭ މުޅި ރާއްޖެއަށް އިސްލާމީ ހަޟާރަތު ފަތުރާލައި ގިނަ ކޯސްތަކެއް ހިންގޭނެ: މިނިސްޓަރ ޝަހީމް

ރާއްޖޭގެ ދެކުނުގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)ގެ ކެމްޕަސް ހިންގުމަށް ގދ. ތިނަދޫގައި ހުރި އިސްލާމީ މަރުކަޒު ހަވާލުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ރާއްޖެއަށް އިސްލާމީ ހަޟަރަތު ފަތުރާލައި ގިނަ ކޯސްތަކެއް ހިންގަން ގަސްތު ކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދެކުނުގައި އައިޔޫއެމްގެ ކެމްޕަސް ހިންގުމަށް، ގދ. ތިނަދޫގައި ހުރި އިސްލާމިކް ސެންޓަރު ހަވާލު ކުރުމަށް އިސްލާމިކް ޔުނިވަސިޓީގައި މިއަދު ބޭއްވި ރައްމިއްޔާތުގައި ޑރ. ޝަހީމް ވިދާޅުވީ އައިޔޫއެމްގެ ކޮލެޖްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ. އައިޔޫއެމްގެ ފަލްސަފާ އާއި އައިޔޫއެމްގެ މަންހަޖުގެ ރިސާލަތަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ދިވެހި ރާއްޖޭގައި އިސްލާމީ އިލްމު އުނގެނުމާއި، އިސްލާމީ ހިދާޔަތު ރާއްޖޭގައި ދެމެހެއްޓުމަށްވެސް ކޮންމެހެން ބޭނުން ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

މިނިސްޓަރު އިތުރަށް ފާހަގަ ކުރެއްވީ އިސްލާމީ ވަންތަކަން ރާއްޖޭގައި އެންމެ މަތީ ލެވެލްއަށް ފަތުރަން ޖެހޭކަމަށެވެ. އެގޮތުން އިސްލާމީ އިލްމުދޭ ކެމްޕަހެއް ތިނަދޫގައި ގާއިމު ކުރަން ނިންމި ނަމަވެސް މާގިނަ ދުވަހެއްނުވެ ފެނިގެންދާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެފަދަ ކެމްޕަސްތައް ކަމަށާއި، އެގޮތުން އުނގޫފާރާއި، ހިދަތޫ ފަދަ ރަށްރަށުންވެސް ކޮލެޖްތައް ގާއިމްވެގެންދާނެ ކަމަށެވެ.

މިނިސްޓަރު މި ފަދައިން ވިދާޅުވެފައިވާއިރު، މި ނިންމުން އެންމެ ފުރަތަމަ މިިނިސްޓަރު ނިންމާފައިވާކަން ހާމަ ކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްލާމިކު މިނިސްޓަރުކަމަށް ޑރ ޝަހީމް އައްޔަން ކުރުމާއިއެކު އެވެ. އެގޮތުން މިނިސްޓަރު ކަމުގެ ފަތް ކޮޅު ލިބުމާއިއެކު ފުރަތަމަ ވެސް އެމަނިކުފާނު ނިންމަވާފައިވަނީ ތިނަދޫ ހުންނަ އިސްލާމީ މަރުކަޒުގައި އިސްލާމީ ޔުނިވަސިޓީ ގެ ދަށުން ކޯސްތައް ހިންގޭ ގޮތަށް ބަދަލު ކުރުމަށެވެ.

ޝަހީމް އެމަނިކުފާނުގެ ފޭސްބުކު އެކައުންޓްގައި އޭރު ވިދާޅުވީ ތިނަދޫގައި ކޯސްތައް ހިންގޭގޮތަށް ބަދަލު ކުރުމާއި އެކު ދީނީ ތައުލީމު އުނގެނެން ބޭނުންވާ ފަރާތްތަކަށް މާލެ ނައިސް އެ ރަށުގައި ތިބެގެން ތައުލީމު އުނގެނުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. އަދި މި ނިންމުން ނިންމުމުގެ ސަބަބުން އިސްލާމީ ހަޟާރަތާއި ސަގާފަތް ދިރިގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ އިސްލާމް ދީން ފަތުރާ އިސްލާމީ ތައުލީމު އުނގަންނައިދިނުމަށް ހަމައެކަނި އިސްލާމީ މިނިސްޓްރީގެ މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އެ މަސައްކަތް ކުރެވޭނީ އިސްލާމީ އިލްމު ފެތުރުމަށް ރާއްޖޭގައި ކަނޑައެޅިފައިވާ ޖަމިއްޔާތަކާއި ކުއްލިއްޔާ ތަކާއި، ގުޅިގެން ކަމަށެވެ. އެހެންކަމުން އިސްލާމީ ތައުލީމު ފެތުރުމުގައި އެންމެ އިސްދައުރެއް އަދާކުރާނެ މައި މަރުކަޒަކީ އިސްލާމިކް ޔުނިވަސިޓީ ކަމަށްވެސް ވިދާޅުވިއެވެ.

އިސްލާމީ އިލްމު ފެތުރުމަށް ކޯސްތައް ހިންގަން އައިޔޫއެމްއާއި ހަވާލު ކުރި ނަމަވެސް އެދެވޭ ގޮތުގައި މަސައްކަތް ނުކުރެވޭނަމަ މި ނިންމުންވެސް ބަދަލު ކޮށް އިތުރު އެހެންގޮތަކަށް ބަދަލުތަކެއް އަންނާނެ ކަމަށާއި، ނަމަވެސް އައިޔޫއެމްއިން މި މަސައްކަތް ނުކުރެވޭނެ ކަމުގެ އެއްވެސް ޝައްކެއް ހިތުގައި ނެތް ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އިސްލާމީ ތައުލީމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށްދާނެ މަސައްތުގެ ތެރޭގައި ޝަހީމް ފާހަގަކުރެއްވީ ރިސާޗް ޕޮރޮގުރާމްތަކާއި، މުައައްޒަފުން ތަމްރީން ކުރުމާއި، ސްކޯލާޝިޕްވެސް ދީ ބަސްތައްް ޓްރާންސްލޭޓް ކުރުންދަފަ ކަންކަންވެސް ކުރިއަށގެންްދާނެ ކަމަށެވެ.

ފޮތްތައް ނެރުމާއި ފޮތްތައް ޗާޕްކޮށް ފޮތް އެއްބަހުން އަނެއް ބަހަށްލިޔެ ނެރުމުގެ އާދަވެސް ހަރުލައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމަ މިއާއިއެކު މި ކަމަށް ހާއްސަކޮށް ސްކޯލާޝިޕްތަކެއް ކަނޑައަޅާ ކޮންމެ އަހަރެއްގައި ވެސް ވަކި މިންވަރަކަށް ސްކޯލާޝިޕްގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއްބަސްވުމެއްގެ ދަށުން އިސްލާމީ އިލްމު ޕީއެޗްޑީއާއި ހަމަޔަށް ކިޔެވުމުގެ ފުރުސަތުވެސް ހޯދައި ދެވޭނެ ކަމަށް ޝަހީމް ފާހަގަ ކުރެއްވިއެވެ.

އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އިސްލާމީ ބިނާތައް ގާއިމް ކުރެވޭނެ. ކޯސް ތައް ހިންގޭނެ މަގު ތަނަވަސްވެގެންދާނެ..

މިނިސްޓަރު ވިދާޅުވީ އައިޔޫއެމްގެ ކޯސްތައް ވެގެންދާނީ ވަކިކަހަލަ ޝަޙްސިއްޔަތެއް ގާއިމް ކުރުމަށްޓަކާއި ފަރުމާ ކުރެވޭ ކޯސްތަކެއް ކަމަށެވެ. މިގޮތުން ރާއްޖޭގެ އެހެން ކޮލެޖްތަކުގައި ނެތް މޮޑިއުލްތަކަށް ކިޔަވައިދޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ގައުމަށް ބޭނުންހިފޭ ހަރުދަނާ މީހަކަށް އެމީހަކު ވާނެ ކަމަށާއި، ފިކުރީ ގޮތުން ރަނގަޅު ޝަޙްސިއްޔަތެއް ބިނާ ކުރުމަކީ އެންމެ މުހިންމު ކަންކަމަށެވެ.

ޝަހީމް ވިދާޅުވީ އިސްލާމީ ތައުލީމުގައި ރާއްޖެ ދުނިޔޭގެ އެހެން ގައުމުތަކާއި އެެއް ހަމަޔަށް ގެނެވޭނެ ކަމަށާއި، ރާއްޖޭގެ ލެކްޗަރާއިންގެ ގޮތުގައި ވެސް މޮޅު ބޭފުޅުން އެބަތިބި ކަމަށެވެ. އެހެންކަމުން ދިވެހި ރާއްޖޭގައި މި ފަދަ ޔުނިވަސިޓީ ތައުލީމު ގާއިމް ކުރެވޭނެ ވަސީލަތްތައް ހުރެ މިކަންކަން ނުކުރެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިފައިވާ ގޮތަށް އައިޔޫއެމް ހަރުދަނާކޮށް ރާސްތާމަގު ކޮށައި ދިނުމުގެ ޔަގީން ކަން އެބައޮތް ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

 

 

 

 

 

 

 

 

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: