ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަމަށް ސްމާޓް ޓެގް ބޭނުން ކުރަނީ!

ހައްޖުގެ އަޅުކަމަށް، މީގެ ކުރިން ރާއްޖޭގެ ހައްޖުވެރިން ކުރި ދަތުރެއްގެ ތެރެއިން: --- ފޮޓޯ: ހައްޖު ކޯޕަރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް ހައްޖަށްދާ ހައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސްމާޓް ޓެގް ބޭނުން ކުރަން ނިންމައިފިއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖާޖީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްމާޓް ޓެގް އަޅުވަން ނިންމާފައިވާ ކަމަށެވެ. އެ ޓެގް ގަންނަން ހައްޖު ކޯޕަރޭޝަނުން މިހާރު ވަނީ އިއުލާންކޮށްފައެވެ.

މި ޓެގު ބޭނުންކޮށްގެން ހައްޖާޖީން ވީނުވީއެއް ނޭނގި ގެއްލޭ ހާލަތެއްގައި ހޯދަން ފަސޭހަވާނެއެވެ. އަދި ހައްޖާޖީން ސައުދީ ޢަރަބިއްޔާގައި ތިބި ލޮކޭޝަން ނުވަތަ ތަން ވަގުތުން ބަލާލެވޭނެ ގޮތަށް ޓެގް ތައްޔާޜު ކުރުމުގެ މަސައްކަތް ހައްޖު ކޯޕަރެޝަނުން މިވަނީ ފަށާފައެވެ. ހައްޖު ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، އެ ކޯޕަރޭޝަނަށް ބޭނުންވަނީ، ސްމާރޓް ޓެގް 2، ގެ 800 ޓެގާއި ސެމްސަންގް ގެލެކްސީ އެސް 23 އަލްޓްރާ 7 މޮބައިލް ފޯނު އަދި އެއާ ގުޅޭ ބައެއް ސާމާނެވެ.

މިތަކެތި ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް 03 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް ގެ ބީލަން ހުޅުވާލެވޭނެ ކަމަށް އެ ހައްޖު ކޯޕަރޭޝަންއިން ވަނީ މައުލޫމާތު ދީފައެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް މަގާމާއި ހަވާލުވެ ކުންފުންޔަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަދި ކުންފުނީގެ ހިންގުން އިތުރަށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތް ކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ރައީސްގެ ވައުދުފުޅާ އެއްގޮތަށް 1000 ފަގީރުން ހައްޖަށް ފޮނުވުމުގެ މަސައްކަތުގެ ތެރެއިން މިއަހަރު 50 މީހުން ހައްޖަށް ފޮނުވާނެ ކަމަށާއި ބާކީ ތިބި 950 މީހުން ފަސް އަހަރު ދުވަހަށް ބަހާލައިގެން ހައްޖަށް ފޮނުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަހަރު ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ލިބިފައިވާއިރު މިއީ ބޮޑެތި އަގު ނަގައިގެން މީހުން ހައްޖަށް ގެންދާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: