ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖުވެރިންނާގުޅޭ އިންތިޒާމްތައް ހަމަޖެއްސުމަށް ކޮމިޓީއެއް އެކުލަވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖާޖީންގެ އިންތިޒާމްތައް އެންމެ ފުރިހަމައަށް ކުރިއަށްގެންދިއުމަށް ކަމާބެހޭ މުއައްސަސާތަކާއެކު ހާއްސަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

ނައިބް ރައީސް ފައިސަލް ނަސީމުގެ ބެއްލެވުމުގެ ދަށުން މި ކޮމިޓީ އެކުލަވާލަވަނީ ހައްޖާޖީންގެ ކަންކަން ވީހާވެސް ގާތުން ބަލައި އެންމެހައި އިންތިޒާމްތައް ވީހާވެސް ފުރިހަމައަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަންގަވާފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ފައިސަލް ނަސީމް އިއްޔެ ރައީސް އޮފީހުގައި ހައްޖާޖީންނާއި ގުޅޭ ކޮމިޓީއާއި ވަނީ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ 2019 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ހައްޖުވެރިންގެ އިންތިޒާމްތައް ކަމާބެހޭ ހުރިހާ މުއައްސަސާއަކުން ގުޅިގެން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ފުރިހަމަށްއަށްކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އެ ޝުކުރުވެސް އަދާކުރައްވާފައެވެ. އެހެންކަމުން މި އަހަރުވެސް ހައްޖާޖީންގެ އިންތިޒާމްތައް އެންމެ ފުރިހަމައަށް ކުރުމަށްޓަކައި ކަމާގުޅޭ މުއައްސަސާތަކުގެ ބޭފުޅުންނާއެކު ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތްތައް ވީހާވެސް ފުރިހަމައަށް ގެންދިއުމަށް މަސައްކަތް ކުރެއްވުމަށް ނައިބް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ނައިބް ރައީސް ވިދާޅުވި ގޮތުގައި ހައްޖާޖީން ފުރުމަށް އެއާޕޯޓަށް ގެންދިއުމުގެ އެންމެހާ އިންތިޒާމްތައް މި ފަހަރުވެސް ސަރުކާރަށްވީ އެންމެ ރަނގަޅަށް ކޮށްދެއްވާނެއެވެ.

މި އަހަރު މިހާތަނަށް ރާއްޖެއިން ހައްޖަށް ދިއުމަށް ކޯޓާ ލިބިފައިވަނީ 1000 މީހުންނަށެވެ.

ހައްޖާޖީން އެއާޕޯޓަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއިންނެވެ. އެގޮތުން ބަސްތަކާއި ފެރީ އަލި ލޯންޗް މެދުވެރިކޮށް ހައްޖާޖީން އެއާޕޯޓަށް ގެންދިއުމުގެ އިންތިޒާމްތައް ދަނީ ހަމަޖައްސަމުން ކަަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: