ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިޖިޓަލް ރާއްޖެއެއް ބިނާކުރަން އެޅޭ ކޮންމެ ފިޔަވަޅެއްގައި އުރީދޫއިން ސަރުކާރާއިއެކު މަސައްކަތް ކުރޭ: ނައިބު ރައީސް

އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވުން. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގެ މަސައްކަތުގައި އެޅޭ ކޮންމެ ފިޔަވަޅެއްގައި އުރީދޫ މޯލްޑިވްސްއިން އަންނަނީ ސަރުކާރާއިއެކުގައި މަސައްކަތް ކުރަމުންކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ، އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރޒް ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ޑިޖިޓަލް އިޤުތިޞާދު ބިނާކުރުމުގައި ކުރެވެމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ. މިގޮތުން ސަރުކާރުގެ ޚިދުމަތްތަކަށް ތަޢާރަފްކޮށްފައިވާ “ވަންގަވް” އަދި “އީ-ފާސް” އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އޯ.ސީ.އެމް- އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ހުޅުމާލެއާ ގުޅާލެވިފައިވުމަކީ، ރާއްޖެ ޓެކްނޯލޮޖީގެ ހަބަކަށް ހެދުމަށް ކުރެވޭ މަސައްކަތުގައި ކުރިޔަށް އެޅުނު މުހިންމު ފިޔަވަޅެއްކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކާއިއެކު ހަލުވި، ބްރޯޑްބޭންޑް އިންޓަރނެޓާއި މޮބައިލް އިންޓަރނެޓް މިހާރު އެންމެނަށް އަތްފޯރާ ހެޔޮއަގުގައި ލިބެމުންދާކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ހެޔޮ އަގުގައި ފެންވަރު ރަނގަޅު އުފެއްދުންތަކާއި ޚިދުމަތްތަކުން ދިވެހިން ގުޅާލަދީ ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކޮށް، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށާއި ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް އުރީދޫއިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކޮށް މަރުހަބާކިޔަން.

ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖެ ތަރައްޤީކުރުމުގައި ބައިވެރިވެ ކުރަމުންދާ މަސައްކަތްތަކަށާއި، އަދި ޑިޖިޓަލް ރާއްޖެ ބިނާކުރުމުގައި އުރީދޫ ގްރޫޕާއި، އުރީދޫ މޯލްޑިވްސްއިން ބައިވެރިވެ ކުރަމުންދާ މަސައްކަތްތަކަށް، އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުންނެވެ.

މިރަސްމިއްޔާތުގައި، އުރީދޫއިން ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ހަދިޔާއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރޒްގެ މޮޑެލްއެއް ވެދުމަށް އަރުވާފައެވެ.

ކުރިއަށްއޮތްތަނުގައިވެސް އުރީދޫ ގްރޫޕާއި އުރީދޫ މޯލްޑިވްސް އާއި އެ ކުންފުނީގެ ޓީމުން ރާއްޖޭގައި ތިބި ކަސްޓަމަރުންނަށް ނަމޫނާ ހިދުމަތްތަކެއް ދެމުން ގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް.

ނައިބު ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭގައި އުރީދޫ މޯލްޑިވްސްއިން ބިނާކުރި އެކުންފުނީގެ އޮފީސް ޢިމާރާތަކީ، އެންމެ ޒަމާނީ އޮފީސް ޢިމާރާތެކެވެ. މިއިމާރާތް ފަރުމާކޮށްފައި ވަނީ، ޒަމާނީ ވަސީލަތްތަކާއި، ޒަމާނީ ޓެކްނޮލިޖީގެ އެހީގައި މުވައްޒަފުންނަށް އުފެއްދުންތެރި މަސައްކަތްތައް ކުރުމަށް އެކަށީގެންވާގޮަތަށް ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާޙައުލެއް ލިބިދެވޭނެ ގޮތަށެވެ. މިގޮތުން މުވައްޒަފުންނަށް މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި، ޖިމާއި، ކުޑަކުދިންނަށް ޚާއްސަ އޭރިއާއެއް މިއިމާރާތުގައި ހުރެއެވެ. އަދި ތިމާވެއްޓާއި ރައްޓެހި ގޮތަށް ބިނާކޮށްފައިވާ މިޢިމާރާތަކީ، ޤުދުރަތީ ވައި ދައުރުވާނެ ގޮތަށާއި، ޢިއާދަކުރަނިވި ޙަކަތަ އާއި ވާރޭފެން ރައްކާކޮށް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ އިމާރާތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: