ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްކާތެރި އަދި އަވަސް މާލީ މުއާމަލާތްތަކެއް ހިންގުމަށް “ފަވަރަ” ޕޭމަންޓް ނިޒާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްކާތެރި އަދި އަވަސް މާލީ މުއާމަލާތްތަކެއް ހިންގުމަށް ތަރައްޤީކޮށްފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ‘ފަވަރަ’ އިފްތިތާޙްކުރައްވައިފިއެވެ.

ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނާޢިބް ފައިޞަލް ނަޞީމްއެވެ. މި ރަސްމިއްޔާތުގައި އެމްއެމްއޭގެ ވެރިންނާއި ރާއްޖޭގެ ބޭންކުތަކުގެ ވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ‘ފަވަރަ’ އަކީ މާލީ ނިޒާމާއި ބީރައްޓެހި ފަރާތްތަކަށާއި، ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް، މި ސިސްޓަމް މެދުވެރިކޮށް ހިނގާ ކޮންމެ މުއާމަލާތެއްގެ ފަސޭހަތައް އެއްހަމައެއްގައި ލިބިދިނުމަށް މަގު ފަހިވާގޮތަށް ފަރުމާކޮށްފައިިވާ ސިސްޓަމެކެވެ.

މި ސިސްޓަމް އިފްތިތާޙް ކުރުމަށް ބެއްވި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ޙާޝިމް ވިދާޅުވީ މި ސިސްޓަމްއިން މާލީ ދާއިރާއަށް ޒަމާނީ ބަދަލުއައިސް އީޖާދީ އެތައްކަމެއް ތަޢާރަފް ވެގެންދާނެކަމަށެވެ. އަދި މިއީ ބޮޑު ބަދަލެއްގެ ފެށުން ކަމަށާއި މިއީ ރާއްޖޭގެ މާލީ ދާއިރާއަށް އައި އިންގިލާބީ ބަދަލެއް ކަމަށެވެ.

ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން ކުރެވޭ ކަންކަން

  • އިންސްޓަންޓް ޕޭމަންޓްސް
  • ރިކުއެސްޓް ޓު ޕޭ
  • ސްމާޓް އެޑްރެސިން
  • އެކައުންޓް ވެރިފިކޭޝަން

އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި ޤައުމީ ޕޭމަންޓް ސިސްޓަމެއް ޤާއިމު ކުރުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ނުވަތަ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވާ ކޮންމެ ރައްޔިތަކަށްވެސް މި ސިސްޓަމް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވައި، ލިބިގަތުމުގެ މަގު ފަހިކޮށްދިނުންކަމަށެވެ. އަދި މި ސިސްޓަމް ވުޖޫދަށް އައުމާއެކު ރާއްޖޭގެ ޕޭމަންޓް ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށާއި ތަފާތު ޒަމާނީ އަދި ޑިޖިޓަލް ޕޭމަންޓު ޚިދުމަތްތައް ތައާރަފުކުރުމަށް ފުރުސަތު ހުޅުވިގެންދާނެކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

އައިޕީއެސް ތައާރަފްކުރުމުގެ ފުރަތަމަ މަރުހަލާގައި އިސްކަން ދީފައިވަނީ އެތެރޭގެ މާލީ މުއާމަލާތްތަކަށެވެ. ނަމަވެސް، ދެވަނަ ފިޔަވަހީގައި އެހެން ގައުމުތަކުގެ ނެޝަނަލް ޕޭމަންޓު ސިސްޓަމްތަކާއި ގުޅި، ބޭރު ގައުމުތަކާއެކު ވަގުތުން ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މަގު ފަހިވެގެންދާނެކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، އައިޕީއެސްގައި ފުރަތަމަ ބައިވެރި 3 ބެންކަކީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: