ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް އަހަރުގެ ދައުރަކަށް ހޮވޭ މީހާ އަނެއް ފަސް އަހަރަށް ކޮންމެހެން ހޮވެން މަޖުބޫރެއް ނޫން: ނައިބު ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް އަހަރުގެ ދައުރަކަށް ހޮވޭ މީހާ އަނެއް ފަސް އަހަރަށް ކޮންމެހެން ހޮވެން މަޖުބޫރެއް ނޫންކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ވޯޓް ލުމަށް ޖަމާލުއްދީން ސްކޫލަށް ވަޑައިގެން ވޯޓްލުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ނައިބު ރައީސް ވިދާޅުވީ، އިންތިޚާބުގެ ނަތީޖާއަކީ ރައްޔިތުންގެ ނިންމުމެއްކަަމަށާއި އެއް ފަސް އަހަރަށް ހޮވޭ މީހާ އަނެއް ފަސް އަހަރަށް ކޮންމެހެން ހޮވެން މަޖުބޫރެއް ނޫންކަމަށެވެ.

މި ފަސް އަހަރުގައިވެސް މަސައްކަތް ކޮށްފައިވާނީ އަނެއް ފަސް އަހަރު ލިބޭނެކަަމަށް އުއްމީދުކޮށްގެން ނޫންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ނަމަވެސް ހުވާ ކުރި ދުވަހު ވައުދުވި ފަދައިން ރައްޔިތުންނަށް އަބަދުވެސް ވައުދުވިން ވަފާތެރިކަމާއި ތެދުވެރިކަމާއި ގާބިލްކަން ހުރި އެންމެ މަތިން ކަމާއި ގުޅުން ހުރިހާ ކަމެއްގައި އެހީތެރިވެދީފައިވާނެއެވެ.

އުއްމީދު ކުރަނީ ރައްޔިތުންނަށްޓަކައި ރަގަޅު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ކަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ބޭނުުންވާ ގޮތައް ނުވަތަ އެންމެ އެދެވޭ ގޮތައް އެއްވެއް މީހަކަށް އެއްވެސް ކަމެއް ނުވާނެކަމަށާއި ނަމަވެސް ކުރިން ހެދިފައިވާ ގޯހެއް ރަގަޅުކުރުމަށް ފުރުސަތެއްވެސް ނުލިބޭކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ގައުމަށްޓަކައި ރައްޔިތުންނަށް ހެޔޮ އެދޭ މޮޅު ގޮތް އެދޭ މީހެއްގެ ގޮތުގައި ހުންނާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
42%ވަރަށް ގަދަ 54%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 4%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: