ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕުން ރައީސް ޔާމީންއަށް ހިޔާނާތްތެރިއެއް ނުވާނެ: ޑރ ޝަހީމް

ޑރ މުހައްމަދު ޝަހީމް އަލީ ސައީދު: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުގައި ތިއްބެވީ ރައީސް ޔާމީންއަށް ވަފާތެރި ބޭފުޅުންކަމަށާއި އެއިން އެއްވެސް ބޭފުޅަކު ރައީސް ޔާމީންއަށް ހިޔާނާތްތެރިވަވަޑައިނުގަންނަވާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ “ހޯޕް ކޮންފަރެންސް 2023” ގައި ވާހަކަދައްކަވަމުން ޑރ ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ޒައާމަތުގެ ދަށުން ކުރެވޭ ވެރިކަަމަކަށް މިއަދު ދިވެހިން ބޭނުން ޖެހިފައިވާ ވަރާއިމެދު މިއަދު ވިސްނާލަންޖެހިފައިވާކަމަށެވެ. އެނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ބިނާ ކުރެވިފައިވާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަލާލުމުން ފެނިގެންދަނީ އުފެއްދުންތެރިކަމުގެ ވިސްނުމުގެ އިސްކޮޅު ހުރި މިންވަރުކަމަށެވެ. އަދި ބިނާ ކުރެވިފައިވާ ސީޕްލޭން ޓާމިނަލްއަށް ބަލާލުމުން އެ ފެނިގެންދަނީ ރާއްޖޭގެ ތަރައްގީ މިސްރާބު ހިފާފައިވާ މިންގަނޑުކަމަށްވެސް ވިދާޅުވިއެވެ.

ޑރ ޝަހީމް ވިދާޅުވީ، ހުޅުމާލެ އަދި މާލެ ގުޅުވާލުމަށް ބިނާ ކުރެވިފައިވާ ބުރިޖުން ރަމްޒުކޮށްދެނީ ތަރައްގީ ދަތުރުކޮށްފައިވާ މިސްރާބުކަމަށެވެ. އެހެންނަމަވެސް މިއަދު ހުރިހާ ކަމެއް ހުރީ ހުއްޓިފައިކަމަށާއި ދިވެހި ގައުމު އުސްމިންތަކަކަށް ގެންދެވުމައްޓަކައި ރައީސް ޔާމީން ބުރަ މަސައްކަތްތަކެއް ކުރެއްވިކަމަށް އެނާ ފާހަގަކުރެއްވިއެވެ. އަދި އެކަމާއި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންވެސް ހެކިވާނެކަމަށް ޝަހީމް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔާމީންއަކީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓުކަމަަށް ތަކުރާރު ކުރައްވާކަމަށް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕުގައި ތިއްބެވީ ރައީސް ޔާމީން އަށް ވަފާތެރި ބައެއް ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންއަށް ހިޔާނާތްތެރި ނުވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ކޯލިޝަންގެ އެންމެހާ މެމްބަރުންވެސް މަސައްކަތްކުރައްވަމުންދަނީ ރައީސް ޔާމީންގެ ޒައާމަތު އަލުން އަނބުރާ ރާއްޖެއަށް ގެނައުމަށްކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ރައީސް ޔާމީންގެ ޒައާމަތު ބިނާވެފައިވަނީ، ދިވެހިވަންތަކަމަކާއި ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލު ރައްކައުތެރިކޮށް ދެމެހެއްޓުމުގެ އިތުރުން ރާއްޖޭގައި އިގްތިސާދީ މިނިވަންކަން ގާއިމު ކުރުމާއި ދިވެހިވަންތަކަމުގެ ސަގާފަތް ރާއްޖޭގައި ދެމެހެއްޓުމުގެ މައްޗަށްކަމަށް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ޒައާމަތު ބިނާވެފައިވަނީ ފިކުރީ ހަނގުރާމައިގެ އޮއެވަރުތަކުން ރާއްޖެ ސަލާމަތްކުރުމާއި އިސްލާމް ދީނުގެ އަސާސްތައް ނެގެހެއްޓުމުގެ މައްޗަށް ކަމަށެވެ. އަދި އެނާއަކީ ރައީސް ޔާމީންއާއިއެކު މަސައްކަތްކުރައްވާފައިވާ ބޭފުޅެއްކަމަށްވުމުން އެކަންކަމަށް އެނާ ހެކިވެވަޑައިގަންނަވާކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: