ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތްތަކުން ނަމާދުކުރާ އަޑާއި ޤުރުއާނުގެ އަޑު ކަނޑުވާލަން ސަރުކާރަކުން ނޫޅޭ: ޑރ. ޝަހީމް

 ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --- ފޮޓޯ: ރަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިސްކިތްތަކުން ނަމާދުކުރާ އަޑާއި ޤުރުއާން ކިޔަވާ އަޑު ކަނޑުވާލަން މި ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްދު ދެއްވައިފިއެވެ.

ޕީއެންއެފް އުފެއްދުމަށް ރައީސް ޔާމީން އާއެކު މަސައްކަތް ކުރައްވާ ކުރީގެ ކޮމިއުކޭޝަންސް މިނިސްޓަރް މަލީހު ޖަމާލް ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވާ ޝަހީމް ވިދާޅުވީ މި ސަރުކާރުން ކީރިތި ޤުރުއާނާއި މިސްކިތްތަކުގެ އަޑު ކަނޑުވާ ނުލައްވާނެ ކަމަށެވެ. މަލީހު ވިދާޅުވެފައިވަނީ މި ސަރުކާރުން މިސްކިތްތަކުގެ އަޑު ކަނޑުވާލައިފި ކަމަށާއި ރަށުތެރެއިން ޤުރުއާނުގެ އަޑުވެސް ކަނޑުވާލައިފި ކަމަށެވެ. އަދި މިއީ ނުބައި ފާލެއް ކަމަށް ބުނެ މަލީހު ވަނީ ޑރ.ޝަހީމްގެ އިސްތިއުފާއަށް ގޮވާލައިފައެވެ. މަލީހު ވިދާޅުވީ ރައީސް މުއިއްޒަށް އެކަންތައްތައް ފަހުމް ނުވާނަމަ ރައްޔިތުން މުޒާހަރާ ކުރާކަމަށެވެ.

މަލީހް ވިދާޅުވީ މިސްކިތްތަކުން ގުރުއާނުގެ އަޑު ކަނޑާލުމަކީީ ޕީޕީއެމްގެ ސިޔާސަތު ނޫންކަމަށެވެ. އަދި ނަމާދާ ދީނާ ދުރުވާ ގޮތަށް ކަންކަން ބައްޓަންކުރުމަކީ ވެސް އެ ޕާޓީގެ ސިޔާސަތު ނޫންކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ.

ޝަހީމް ވިދާޅުވީ މަލީހުގެ މުޅި އުމުރު ހޭދަކުރަމުން ދަނީ މީހުންނާއި ފޮށުމާއި ދޮގު ފެތުރުމުގައި ކަމަށެވެ. އެހެންކަމުން އެކަންތައްތައް ހުއްޓާލާ ﷲއަށް ބިރުވެތިވުމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. ޝަހީމް ވަނީ މިސްކިތްތަކުން ޤުރުއާންގެ އަޑު ކަނޑުވާލީ ކާކުކަމާމެދު ސުވާލު އުފައްދަވާފައެވެ. ޝަހީމް ވިދާޅުވީ މިއަހަރު ރާއްޖޭގެ އެންމެ ބޮޑު 2 މިސްކިތުގައި އިމާމުކަން ކުރަނީ ދިވެހި ޒުވާން ދެ ހާފިޒުން ކަމަށެވެ.

ނިމިދިޔަ އަހަރު ތަކުގައި ރޯދަ މަހު އިމާމުކަން ކޮށްފައިވަނީ ބިދޭސީން ކަމަށާއި މިހާރު ރާއްޖޭގެ އެތައް މިސްކިތެއްގައި ދިވެހި ހާފިޒުން އިމާމުމެ ކިޔަވަމުން ދާކަމަށް ޝަހީމް ވިދާޅުވިއެވެ. މިމައްސަލައިގައި ޝަހީމް އާއި މަލީހްގެ ދެމެދު ބަހުގެ ގިނަ ހަމަލާތަކެއް ވަނީ ރައްދުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: