ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއުވާން ނަޝީދަށް: މަޖިލީހުން ބޭރުގައި ރައީސް ސާލިހާއި މެއި 6 ގެ ހަމަލާ ގުޅުވައިފިނަމަ ފިޔަވަޅު އަޅާނަން!

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ބޭރުގައި ނުވަތަ އިމްތިޔާޒް ލިބިގެން ނުވާތަނެއްގައި މެއި 6 ގައި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތުހުމަތު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ކޮށްފިނަމަ ފިޔަވަޅު އަޅާނެކަމަށް ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މެއި 6 ގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި ރައީސް ސާލިހުގެ ބައިވެރިވުން އެބައޮތްކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައި ބައެއް މެންބަރުން ދެއްކެވި ވާހަކަތައް ފާހަގަކޮށް، މިކަމާއި ގުޅިގެން ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅުއްވަން ވިސްނަވާތޯ މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން އާއި ސުވާލުކުރުމުން ވިދާޅުވީ ނިމިދިޔަ ހަފްތާގެ ރައްޔިތުންގެ މަޖިލީހުގައި ވާދަވެރި ފަރާތްތަކުން ރައީސް ސާލިހުގެ ބޮލުގައި ދޮގު ބަދުނާމު އަޅުވާ ހަދާފައިވާ ދޮގުތަކަކީ މަޖިލީހުގެ އިމްތިޔާޒްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެންކަމަށެވެ.

މި ހަމަލާގެ ވާހަކަ ރައީސް ސާލިހަށް ކުރިއާލާ އެނގޭކަމަށާއި، އެކަން ކުރީ ސަރުކާރުން ބޭނުންވެގެންކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށް މިއުވާން ވިދާޅުވީ މިއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫންކަމަށެވެ. އަދި އެ ވާހަކަތަކަކީ މެއި 6 ގައި ދިން ހަމަލާގެ ސީރިއަސްކަން ގެއްލުވާލާ، ބަޔަކަށް ގެއްލިފައި އޮތް ތާއީދު ހޯދުމަށް ދައްކާ ވާހަކައެއްކަމަށްވެސް މިއުވާން ވިދާޅުވިއެވެ. ތާއީދު ހޯދިދާނެކަމަށް އުއްމީދުކޮށް ދައްކާ ވާހަކައެއްކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

އެކަމުގައި ހަގީގަތެއް އޮތްކަމަށްވާނަމަ މި ދެތިން ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެކަންނި ކީއްވެގެންތޯ އެވާހަކަދައްކަންވީ. އޭގެ ކުރީގައިވެސް އެހެން ޕްލެޓުފޯމްތަކުގައިވެސް އެބޭފުޅުންނަށް އެވާހަކަތައް ދެއްކޭނެއެއްނޫންތޯ.

މިއުވާން ވިދާޅުވީ މިވާހަކަތައް އެހެން ޕްލެޓުފޯމްއެއްގައި ނުދައްކަވާކަމަށާއި، އަދި އެ ވާހަކަތައް ދައްކަވަނީ މަޖިލީހުގެ ތަޅުމުން ލިބިދޭ އިމްތިޔާޒްގެ ހިމާޔަތުގެ ދަށުގައި ތިއްބަވައިގެންކަމަށެވެ. ދައްކާ ވާހަކަތައް ސާބިތުކޮށްދޭންޖެހޭނެފަދަ ޕްލެޓުފޯމެއްގައި މި ވާހަކަތައް ނުދައްކަވާކަމަށާއި، މިއީ ސުވާލުއުފެދޭކަމެއްކަމަށް މިއުވާން ވިދާޅުވިއެވެ.

އިމްތިޔާޒް ލިބިވަޑައިގެން ނުވާތާކުން މިފަދަ ނުރައްކާތެރި، ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި، ބައިބައިވުން އުފެދޭނެ ދޮގު ވާހަކަތަކެއް ދައްކަވައިފިކަމަށްވާނަމަ ކަމާއި ބެހޭ މުއައްސަސާތަކަށް ހުށައަޅައިގެން މައްސަލަ ބަލާނެކަމަށް މިއުވާން ވިދާޅުވިއެވެ.

މާލޭގައި ސިލްސިލާކޮށް ބޮމުގެ ހަމަލާ ރާވައި އެކަން ކުރިކަން ސަރުކާރަށް އެނގޭނެ ކަމަށާއި އެކަން ސާބިތުކޮށްދެވިދާނެކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: