ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ: މަޖިލީހަށް ވަޑައެއް ނުގަންނަވާ، ޖަވާބުދާރީވީ ލިޔުމުން!

އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޮރިޝަސްއާއި ރާއްޖެއާއި ގުޅޭ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހި ދައުލަތުގެ ފަރާތުން ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު ދިވެހި ދައުލަތުގެ މަސްލަހަތު އިސް ކުރުމުގެ ބަދަލުގައި އެހެން ގައުމެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ، މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަނައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިއްފަތު މަޖިލީހަށް ހާޒިރު ނުވެ ލިޔުމުން ޖަވާބުދާރީވެއްޖެއެވެ.

ބަންޑާރަނައިބުގެ އިތުބާރުގެ މައްސަލައިގެ ނޯޓިސް ފޮނުވާފައިވާކަން މަޖިލީހުގެ ރިޔާސަތުން ހާމަކުރެއްވީ މަޖިލީޙުގެ މިއަހަރުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއެވެ. ރައީސް ނަޝީދު ވިދާޅުވީ ބަންޑާރަނައިބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ 13 މެމްބަރަކު ސޮއި ކުރައްވާ ހުށަހަޅާފައިވާ ކަމަށެވެ.

ބަންޑާރައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓީސް ފޮނުވާފައި ވަނީ ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ ދަށުންނެވެ.

ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅުއްވާފައިވަނީ ދިވެހި ދައުލަތުގެ މަސްލަހަތު އިސް ކުރުމުގެ ބަދަލުގައި އެހެން ގައުމެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރެއްވިކަމަށް ބުނެއެވެ. އަދި ސިއްރު ޑީލެއްގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮރިޝަސްއަށް ވިއްކާލިކަމުގެ ތުހުމަތުގައެވެ.

މިއަދުގެ މަޖިލީހުގައި ރައީސް ނަޝީދު ވިދާޅުވީ ގާނޫނުން ލިބިދޭ ހައްގުން ރިއްފަތު ވަނީ ލިޔުމުން ޖަވާބުދާރީވެފައިކަމަށެވެ.

މި މައްސަލަ ހުށައެޅުއްވުމުގެ ފުރުސަތު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރަށް ދެއްވުމާއިއެކު ވިދާޅުވީ، ރިއްފަތު މަޖިލީހަށް ޖަޥާބުދާރީވުމަށް ވަޑައިނުގަތުން އެއީ ޑިމޮކްރަސީއާއި ވަރަށް ބީރައްޓެހި ސިފައެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: