ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރު ނެތްކަމުގެ މައްސަލަގައި ލިޔުމުން ޖަވާބުދާރީވުމުން ކަންކުރާނެ ގޮތް މަޝްވަރާކުރުމަށް މަޖިލީސް މެދުކަނޑާލައިފި

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި، ވަޒީރު ލިޔުމުން ޖަވާބުދާރީވެފައިވާތީ ދެން ކަންތައްކުރެވޭނެ ގޮތުގެ މަޝްވަރާކުރުމަށް މަޖިލީސް މެދުކަނޑާލައިފިއެވެ.

ރިއްފަތުގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީހަށް އިދިކޮޅުން ހުށައަޅާފައިވާ މައްސަލަ މިއަދަށް އެޖެންޑާކޮށްފައިވާއިރު، ދިފާއުވުމަށް ދެއްވާ ޖަވާބު ރިއްފަތު ދެއްވާފައިވަނީ ލިޔުމުންނެވެ. މިހެންކަމުން ދެން އަމަލުކުރެވޭނީ ކިހިނަކުންތޯ މަޖިލީހުގެ މެންބަރުން ވަނީ ސުވާލު އުފައްދަވާފައެވެ.

މި މައްސަލއިގައި ނިޒާމީ ނުކުތާއެއް ނަންގަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ އާންމު ކޮމިޓީއިން ނިންމާފައިވަނީ ބަންޑަރަ ނައިބު މަޖިލީހަށް ހާޒިރުވެގެން ޖަވާބުދެއްވާނެ އުސޫލުކަމަށެވެ. އަދި އެއީ ބަހުސް ފެށުމުގެ ކުރިންނާއި، ބަހުސްގެ މެދު ތެރެއިންނާއި، ބަހުސް ނިމުމުން 10 މިނެޓުކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ޖަވާބުދާރީވުމަށް ލިޮޔުމުން މަޖިލީހަށް ހުށައެޅުވުމުން ދެން ކަން ކުރާނެ ގޮތުގެ އުސޫލެއް އާންމު ކޮމިޓީއިން ނިންމާފައިނުވާކަމަށް މެންބަރު ވިދާޅުވިއެވެ.

އެހެންކަމުން އަލުން އާންމު ކޮމިޓީއިން ގަވާއިދެއް ހަދައިގެން ނޫނީ ލިޔުމުން ހުށައަޅާަފއިވާ ޖަވާބު އިއްވިދާނެކަމަށް ގަބޫލުނުކުރައްވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މި މައްސަލައިގައި ރިޔާސަތުން ވިދާޅުވީ އަމަލުކުރައްވާނީ ޑިމޮކްކްރަސީގެ ހަމަތަކާއި ގާނޫނު އަސާސީއާއި އެއްގޮތަށްކަމަށެވެ. އަދި މީގެ ކުރިން މަޖިލީހުން ކަންކޮށްފައިވާ ގޮތަށް ރިޔާއަތްކުރައްވާޏެކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި ގިނަ މަނެބަރުންތަކެއް ނިޒާމީ މައްސަލަ ނަންގަވާ އެކި ހިޔާލުހުށައެޅުމުން، ރިޔާސަތުން ވަނީ މަޖިލީހުގައި ތިއްބެވި މެޖޯރިޓީ އަދި މައިނޯރިޓީ  ލީޑަރާއި މަޝްވަރާކުރެއްވުމަށް މަޖިލީސް މެދުކަނޑާލާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: