ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިފްއަތުގެ ވޯޓު ކުރިޔަށް ނުގެންދެވުނު، ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުން ގޮތެއް ނިންމައިދިނުމަށް

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ލަފާއެއް ހޯއްދަވަން ފެނިވަޑައިގަންނަވާކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި އޭޖީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅިފައިވާއިރު، އެ މައްސަލައިގައި ޖަވާބުދާރީވެވަޑައިގަތުމަށް ރިފްއަތު މަޖިލީހުގެ ތަޅުމަށް ހާޒިރުވެވަޑައިނުގަންނަވައެވެ. އަދި ލިޔުމަކުން ޖަވާބު ދެއްވާފައިވާއިރު، އިދިކޮޅުގެ މެމްބަރުންވަނީ ލިޔުމުން ޖަވާބު ބަލައިގަތުމަށް ދެކޮޅު ހައްދަވާފަ އެވެ.

އެންމެހާ ޕާޓީތަކުގެ އިސްވެރިންނާއިއެކު މަޝްވަރާތަކެއް ކުރެއްވުމަށްފަހު، އޭޖީގެ މައްސަލައިގައި ދެން އަމަލު ކުރައްވާނެގޮތް ރައީސް ނަޝީދު ވިދާޅުވެދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރިފްއަތު މަޖިލީހަށް ހާޒިރުވާންޖެހޭކަމަށް މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީ ނޫން ޕާޓިތަކުގެ މެމްބަރުން ދެކޭ ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީގައި ލާޒިމުކޮށްފައިވާ ކަމެއްގެ ގޮތުގައި އެ މެމްބަރުން ގަބޫލު ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އާންމު ކޮމިޓީން އެގޮތަށް ނިންމާފައި ވަނީ އެ ނޫންގޮތަކަށް މައްސަލަ ކުރިއަށް ގެންދިއުމަށް ގާނޫނުއަސާސީގައި ޖާގަ ނުދޭކަމަށްވުމުންކަމަށްވެސް ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން، ހާރިޖީ ވަޒީރުގެ މަގާމު އަދާކުރައްވަމުންދާ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅިގެންދިޔަކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، މިނިސްޓަރު ޝާހިދު ޖަވާބުދާރީވެވަޑައިގަތީ ހާޒިރުވެ ހުންނަވައިގެންކަމަށެވެ.

ގާނޫނުއަސާސީގައި ބަންޑާރަ ނައިބަށާއި ވަޒީރު ބޭފުޅުންނަށް ލިބިދީފައިވާ ހައްގަކީ، ޕީޕީއެމް ޕީއެންސީ އެމްއެންޕީ ބުނާ ގޮތުގައި ކިތާބީ ހެއްކާއިއެކުގައި ނުވަތަ ޑޮކިއުމެންޓަރީ އެވިޑެންސާއިއެކުގައި މިތަނުގައި ޖަވާބުދާރީވެވަޑައިގަތުމޭ، މިތަނުގައި ޖަވާބުދާރީވެވަޑައިނުގަންނަވާ މިކަން ކުރިއަށްދާގޮތަކަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތްކަމަކަށް އެ ބޭފުޅުންނެއް ނުނިންމަވާ ގަބޫލުފުޅެއް ނުކުރައްވާ، މި ބާވަތުގެ ކަންކަމުގައި އަޅުގަނޑު ޖެހޭނީ އިސްތިރާކީ ލަފައެއް ހޯދަން ގާނޫނުއަސާސީ މާނަކުރެވުނު އިރު ނުވަތަ އެކުލަވާލެވުނު އިރު އޮތްގޮތާއި މިބާވަތުގެ ގާނޫނީ ވާހަކަތައް އަޅުގަނޑު އެދޭ ގޮތަކީ ސުޕްރީމް ކޯޓުން ނިންމެވުން

ރައީސް ނަޝީދު ވިދާޅުވީ، ކުރީގެ ބަންޑާރަ ނައިބެއްގެ މަގާމު އަދާކުރެއްވި އާޒިމާ ޝުކޫރުގެވެސް މައްސަލައެއް ހުށައެޅިގެންދިޔަކަމަށެވެ. އެހެންނަމަވެސް ލިޔުމެއް ނުފޮނުއްވާކަމަށާއި ހާޒިރުވެވަޑައިނުގެންނެވިކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އާޒިމާ ހާރިވެވަޑައިނުގަތް ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އޭރު ބަލިވުންކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ބަންޑާރަ ނައިބު އަދި ވަޒީރުންނަށް ލިބިފައިވާ ހައްގަކީ “ޑޮކިއުމެންޓަރީ” ހެއްކާއިއެކު ޖަވާބުދާރިވުންކަމަށް އިދިކޮޅު މެމްބަރުން ދެކިވަޑައިގަންނަވާކަމަށެވެ. އަދި އެ ނޫންގޮތަކަށް ޖަވާބު ދާރީވެވަޑައިނުގެންނެވުމަށް ގާނޫނުއަސާސީގައި ފުރުސަތު އޮތްކަމަށް އެ ބޭފުޅުން ގަބޫލުނުކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި ފަދަ މައްސަލަތަކުގައި ޖެހޭނީ އިސްތިރާޝީ ލަފައެއް ހޯއްދަވަންކަމަށެވެ. އެގޮތުން ގާނޫނޫ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ގޮތް ނިންމެވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކިވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ގާނޫނުއަސާސީ އާއި ހިލާފަށް ވަޒީރު ބެފުޅަކު ވަކި ކުރެއްވުމަކީ އެމަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: