ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސް މައްސަލައިގައި ފުލުހުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް، ޕެނަލްގައި ޝާހިދާއި ރިފްއަތު

ޗާގޮސް މައްސަލައާ ގުޅޭގޮތުން ފުލުހުންނަށް މައުލޫމާތު ދިނުމަށް ކުރިޔަށް ގެންދިޔަ ސެޝަނުގެ ތެރެއިން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސް މައްސަލައާ ގުޅޭގޮތުން ފުލުހުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް އިސްކަންދަރު ކޮށީގައި ބާއްވާފައިފި އެވެ.

މިއަދު ކުރިއަށް ގެންދިޔަ މި ސެޝަނުގައި މައުލޫމާތު ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ. ސެޝަނާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް ފުލުހުން ބުނީ މިއީ، ރާއްޖެ އާއި މޮރިޝަސް ދެމެދު މިހާރު ކުރިއަށްދާ މައްސަލައާއި ގުޅޭގޮތުން ފުލުހުންނަށް މައުލޫމާތު ދިނުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމެވުމާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ މި ސެޝަނުގައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ފޮރިން މިނިސްޓްރީ އާއި ބަންޑާރަ ނައިބު އޮފީހުގެ އިސްވެރިން ބައިވެރިވި އެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިޓްލޮސް ހުށަހަޅާފައިވާ މައްސަލައިގެ ސްޓޭންޑު ބަދަލުކޮށް އެކަން ބަންޑާރަ ނައިބު ރިފްއަތު ހާމަކުރީ މިދިޔަ އޮކްޓޯބަރު މަހު އެވެ. މިއީ ދެ މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބުނާއިރު، މޮރީޝަސްގެ ސިޔާދަތު ގަބޫލު ކުރުމަށް ރާއްޖެއިން ނިންމިކަން ރިފްއަތު ހާމަކުރީ އިކޮނޮމިކް ޒޯންގެ ފުށު އަރާ މައްސަލައިގެ ޓްރައިބިއުނަލްގައިކަން ފާހަގަކުރެވެ އެވެ.

ރާއްޖޭގެ ސަރަހައްދީ އިން ކަންޑައެޅުމާއި ގުޅޭގޮތުން ކަނޑުގެ ގާނޫނާއި ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލުގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަމަށް ސަރުކާރުން ބުނާއިރު ކަނޑުތަކާއި ބެހޭ މައްސަލައިގެ ޓްރައިބިއުނަލުގައި ޗާގޯސްގެ މިލްކުވެރިކަމާއި ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ދިވެހިރާއްޖެއިން ވޯޓު ދެނޭކަމަށް ހާމަކުރަން ޖެހުނީ ކޮން ސަބަބަކާއި ހުރެ ތޯ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ރާއްޖޭގެ ސްޓޭންޑު ބަދަލުކޮށް، އެ ނިންމުމުގެ ދިފާއުގައި ތަކުރާރުކޮށް އެކި ގޮތްގޮތުން މަސައްކަތްކޮށް ބުނަމުން ދަނީ މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ.

މި މައްސަލައިގައި މީގެ ކުރިން ރިފްއަތާއި ޝާހިދު ނޫސްވެރިންނާއި ބައްދަލު ކުރެއްވި އެވެ. ޕްރެސްގައި ބަންޑާރަނައިބު ވިދާޅުވީ ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް ދިވެހިރާއްޖެއިން ގަބޫލުކޮށް އދ ގައި ވޯޓު ދިނުމަށް ނިންމި ނިންމުމުގެ ސަބަބުން މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަށް އެއްވެސް ބުރުލެއް މާރާނެ ކަމަށެވެ. އަދި ވިދާޅުވީ މިހާތަނަށް މި މައްސަލައިގައި ސަރުކާރުން މަސައްކަތް ކޮށްފައި ވަނީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތަސް އިސްކަން ދީގެން ކަމަށާއި އަދި ކުރިޔަށް އޮތްތަނުގައި ވެސް މަސައްކަތް ކުރައްވާނީ އެގޮތުގެ މަތިން ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: