ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ވަނީ ނާކާމިޔާބީ ތަޖުރިބާކޮށްފަ, ތިބޭނީ ހިތްވަރުގެ ކަމަރު ބަނދެގެން: ޝާހިދު

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ: ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ފޮރިން މިނިސްޓަރު ޝާހިދު ވާހަކަ ދައްކަވަނީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ވަނީ އުފަލާއި ހިތާމަޔާ، ކާމިޔާބީއާއި ނާކާމިޔާބީ ވެސް ތަޖުރިބާ ކޮށްފައިކަމަށާއި، މިއީ ހިތްވަރު ގަދަ ކުރަންވީ ވަގުތުކަމަށ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

13 މެންބަރަކު އެމްޑީޕީއިން ވަކިވެ ވެރިކަން ކުރާ ޕާޓީއާއި ގުޅުމުން، އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދިވެހި ރައްޔިތުންގެ އުންމީދުތައް ޙާސިލުކޮށް ދިނުމަށް އުފެދި ކުރިއަށްދާ، ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ފަޚުރުވެރި ޕާޓީކަމަށެވެ. އަދި ޕާޓީ ވަނީ އުފަލާއި ހިތާމަޔާ، ކާމިޔާބީއާއި ނާކާމިޔާބީ ވެސް ތަޖުރިބާ ކޮށްފައިކަމަށް ވިދާޅުވިއެވެ.

މިދަނޑިވަޅަކީ އަނެއްކާވެސް އައު ހިތްވަރަކާ އައު ޖޯޝަކާއި އެކު ރައްޔިތުންނާއި، ޤައުމުގެ ޙައްޤުގައި ސާބިތުވެ ތިބެންވީ ވަގުތުކަމަށް ޝާހިދު ސިފަ ކުރެއްވިއެވެ. އަދި ވިދާޅުވީ އައު އުންމީދުތަކާއި އައު ލަނޑުދަނޑިި ތަކަކާއި އެކު ނިކުންނަންވީ ދަނޑިވަޅުކަމަށެވެ.

އެމްޑީޕީގެ ރަންރީދޫ ލަޝްކަރު ތިބޭނީ އަބަދުވެސް ވަރުގަދަ ޢަޒުމުގައި ހިތްވަރުގެ ކަމަރު ބަނދެގެން ކުރިޔަށް މިސްރާބު ޖަހައިގެންކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕިއިން ވަކިވެ 13 މެންބަރަކު ޕީޕީއެމް/ޕީއެންސީއާއި ގުޅުމުން ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ސަރުކާރުން މެންބަރުންނަށް ރިޝްވަތު ދީފައިވާކަމަށް ތުހުމަތުކުރެއެވެ. ނަމަވެސް އެ 13 މެންބަރުންގެ ޝުއޫރުތައް ހިއްސާ ކުރައްވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ މިއީ ގައުމީ ފިކުރު އިސްކޮށް ނިންމެވި ނިންމެވުމެއްކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: