ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް، ޝާހިދަށް ފޮނުވައިފި

ރަަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރީން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީހަށް އިދިކޮޅު ކޮންގްރެސް ކޯލިޝަންއާއި، އެހެނިހެން ސިޔާސީ ޕާޓީތަކާއި، ސިޔާސީ ލީޑަރު ގުޅިގެން ހުށައެޅުއްވި މައްސަލައިގައި ނޯޓީސް މަޖިލީހުގެ ފަރާތުން ޝާހިދަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ލިބިފައިވާ ކަމަށާއި އަދި ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވައިދާ އެއްގޮތްވާ ގޮތުން 14 ދުވަހުގެ ނޯޓިސް އިއްޔެ ޝާހިދުއަށް ދީފައިވާ ކަމަށެވެ. މި މައްސަލ މަޖިލީހުގައި އެޖޖެންޑާ ކުރާނެ ދުވަހެއް ފަހުން ހާމަކުރައްވާނެކަމަށް އީވާ ވިދާޅުވިއެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުން ފާސްވާނީ 87 މެންބަރުންގެ ތެރެއިން އަޣުލަބިއްޔަތު މެންބަރުންގެ ވޯޓު ލިބިގެންނެވެ. އެއީ 43 މެންބަރުންގެ ވޯޓެވެ.

މިނިސްޓަރ ޝަހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ މޮރިޝަސްއާއި ރާއްޖެއާއި ގުޅޭ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހި ދައުލަތުގެ ފަރާތުން ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު ދިވެހި ދައުލަތުގެ މަސްލަހަތު އިސް ކުރުމުގެ ބަދަލުގައި އެހެން ގައުމެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ބުނެއެވެ. އަދި ސިއްރު ޑީލެއްގެ ދަށޫން ރާއްޖޭގެ ކަނޑޫގެ ސަރަހައްދު މޮރިޝަސްއަށް ވިއްކާލިކަމުގެ ތުހުމަތުވެސް ޝާހިދުގެ މައްޗަށް އިދިކޮޅުން ކުރެއެވެ.

މީގެ އިތުރުން އިދިކޮޅުން ވަނީ ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެވެސް އިތުބާރު ނެތްކަމުގތެ މައްސަލަ މަޖިލީހަށް ހުށައަޅާފައެވެ. އަދި އިދިކޮޅުން ދަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އަޒުލުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: