ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2 ވަނަ ފިޔަވަހީގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ކަރަންޓް ދީފި

ފޭސް 2 ގެ ކަރަންޓް ކޭބަލަކަށް ގެއްލުން ލިބުމާއި ގުޅިގެން މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގެއްލުން ލިބިފައިވާ ކޭބަލް މަރާމަތު ކޮށް އަލުން ކަރަންޓް ދީފައިވާކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތަކާއި ދިމާލުން  ކޮނުމުގެ ތެރޭގައި ޑިސްޓްރިބިއުޝަން މައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން ސަަބަބުން އެ ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށާއި އެމައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރަމުންދާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި ހުޅުމާލެ ކޮނުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރުނަށް ކޭބަލް ރޫޓްތަކާއި ގުޅުން ހުރި ހުރިހާ މައުލޫމާތެއް މީގެ ކުރިން ވަނީ ދެވިފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަރަންޓް ކެނޑިފައިވާ ސަރަހައްދުތަކަށް ކަރަންޓު އަލުން އަނބުރާ ދިނުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކަރަންޓްގެ ހިދުމަތް ނުލިބި ވަނީ ގެއްލުން ލިބުނު ކޭބަލާއި ގުޅިފައިވާ ހިޔާގެ ޓަވަރުގެ 1 އިން 8 އަށް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: