ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑު ވިއްކާލުމާއި ދެކޮޅަށް ރާވާފައިވަނީ ސުލްހަވެރި ގައުމީ ހަރަކާތެއް: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު ވައްޑެ
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދުން ޖޫން މަހުގެ ދެ ވަނަ ދުވަހަށް ރާވާފައިވާ ހަރަކާތަަކީ ގައުމީ ހަރަކާތެއްކަމަށާއި އެހެންނަމަވެސް ސަރުކާރުން އެ ހަރަކާތަކީ ގޯސް ހަަރަކާތެއްގެ ގޮތުގައި ސިފަކުރުމަށް މަސައްކަތްކުރަމުންދާކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ފިކުރެއްގެ ދިރުމާއި އިދިކޮޅު ކޯލިޝަންގެ އިތުރުން އެމްއެންޕީގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ، ފިކުރެއްގެ ދިރުން ޓީމުގައި ހިމެނިވަޑައިގަންނަވާ އާންމު މެމްބަރުންވެސް އެ ހަރަކާތުގައި ފުރިހަމައަށް ބައިވެރިވެވަޑައިގަންނަވާކަން ހިއްސާކުރައްވާކަމަށެވެ. އޭނާ ވިދާޅުވި، ސަރުކާރުން އިދިކޮޅުގެ ހަރަކާތާއި ގުޅޭ ގޮތުން ނޭދެވޭ ވާހަކަތައް ފެތުރުމަށް މަސައްކަތްކުރާކަމަށެވެ.

ވަހީދު ވިދާޅުވީ، އެހެންނަމަވެސް ގުޅިފައިވާ އިދިކޮޅުން އިންތިޒާމުކުރަމުންދަނީ ސުލްހަވެރި ހަރަކާތެއްކަމަށެވެ. އޭނާ ވިދާޅުވީ، އިންތިޒާމުކުރައްވަމުންދަނީ ގައުމީ ހަރަކާތެއްކަމަށެވެ. އޭނާ ވިދާޅުވީ، ހަރަކާތުގައި ޝާމިލުވެވަޑައިގަންނަވާނީ ކުރިމަތީގައި ފެންނަން ތިބި ފަރާތްތައް އެކަނި ނޫންކަމަށެވެ. ވަހީދު ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އެކި ފަރާތްތަކުން އިދިކޮޅުގެ ހަރަކާތަށް ތާއީދު އޮތްކަން ހިއްސާކުރައްވަމުންދާކަމަށެވެ.

އޭނާ ވިދާޅުވީ، ހާއްސަ ގޮތެއްގައި ސިވިލް ސާވިސްގެ ތެރޭގައި އުޅުއްވާ ތަޖުރިބާކާރު ބޭފުޅުން ގުޅިފައިވާ އިދިކޮޅުގެ ހަރަކާތާއިމެދު ލަފާތައް ދެއްވާކަމަށެވެ. ވަހީދު ވިދާޅުވީ، އިންތިޒާމު ކުރައްވަމުންދަނީ ރައްޔިތުންގެ ހަަރަކާތެއްކަމަށެވެ. އެހެންކަމުން މާދަމާގެ ރޭގަނޑުގެ ވަގުތައް އިންތިޒާމުކުރައްވަމުންދާ އެ ހަރަކާތުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތުމަކި އޭނާގެ އެދުމެއްކަމަށް ވަހީދު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ފިކުރެއްގެ ދިރުމަށް ތާއީދުކުރައްވާ ފަރާތްތައްވެސް އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ހަރަކާތުގައި ބައިވެރި ކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް އޭނާ ދަނީ ކުރައްވަމުންކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު އަދި މާދަމާވެސް އިތުރު މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: