ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު ސްޓޫޑަންޓް ލޯނު ދިނުމުގައި ގިނަ ބަދަލުތަކެއް

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މައުލޫމާތުދެއްވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ސްޓޫޑަންޓް ލޯނު ދިނުމުގައި ގެނެސްފައިވާ ބަދަލުތައް ހަޔަ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ޙަސަން އިއުލާންކުރައްވައިފިއެވެ.

މިއަހަރު ސްޓޫޑަންޓް ލޯނު ދިނުމުގައި ބަދަލުތަކެއް ގެނެސްފައިވާތީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރު އަލަށް ރާއްޖޭގައި ޑިޕޮލޮމާ ލެވެލްއަށް ލޯނު ފުރުސަތު ހުޅުވާލައިފައިވާކަމަށެވެ. މިދިޔަ އަހަރާއި ހިލާފަށް ހިލޭ ޑިގްރީ ސްކީމުގެ ދަށުން ކިޔަވަންދާ ކުދިންނަށް އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް ކޮންމެ ދާއިރާއަކުން ކިޔެވި ނަމަވެސް ދަރިވަރަށް ލޯނު ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މައިގަނޑު ގޮތެއްގައި ޓިއުޝަން ފީއަށް އަމާޒުކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުރިން ލޯނު ނަގާފައިވީ ނަމަވެސް ދަރިވަރުންގެ އިހުތިޔާރުން ބޭރުން ދިމާވި ސަބަބުތަކާއި ހުރެ ދަރިވަރުގެ ކިޔެވުން ނުވަތަ ތަމްރީނު ފުރިހަމަވެފައިނުވާނަމަ ޓޮޕްއަޕް ލޯނެއް ހޮދުމަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. މިފަދަ ދަރިވަރުންނަށް 120 ސްލޮޓު ހާއްސަކޮށްފައިވާނެކަމަށް ވިދާޅުވިއެވެ.

އެއީ އަމިއްލަ އިހުތިޔާރުން ބޭރުން، އެހެން ސަބަބުތަކާއި ހެދި ސަރުކާރުން ދިން ލޯނުގެ ބޭނުން ހިފާ ނިމުނުއިރުވެސް ކިޔެވުން ފުރިހަމަކުރެވިފައިނުވާ ފަރާތްތަކަށް ފުރުސަތު އަލުން ދިނުމަށްޓަކައި. އެއަށް 78 ދަރިވަރުން އެޕްލިކޭޝަން ހުށައެޅިކަން އަޅުގަނޑު އުފަލާއިއެކު ފާހަގަކުރަން.

މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ކޮލެޖުތައް އިތުރަށް ބާރުވެރިކުރުވުމަށްޓަކައި ކޮލެޖުގައި ކިޔަވައިދޭ އިލްމީ އަދި ގާބިލުގެ އިތުރުން ފަންނަނީ ބޭފުޅުން އިތުރުކުރުމަށް ޕީއެޗްޑީ ސްލޮޓުތަކެއް ރާއްޖޭގެ ކޮލެޖުތަކަށާއި ޔުނިވާސިޓީތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހާއްސަ ސަމާލުކަމެއް ދީފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ޕްރައިވެޓް ސެކްޓާ ތަރައްގީކުރުމަށް ކުރާކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު ރާއްޖޭގައި މީހުން ބިނާކުރުމަށް ބޭނުންވާ އެންމެ މުހިންމު ދާއިރާތަކަށް އިސްކަންދީގެންވެސް ފުރުސަތު ހުޅުވާލާފައިވާނެކަމަށް ވިދާޅުވިއެވެ. އަދި މިއަހަރުގެ ސްކީމުގައި ޕައިލެޓުކަން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މިދިޔަ އަހާރާއި އަޅާ ބަލާއިރު ވަރަށް ބޮޑުތަނުން ފުރުސަތުތައް އިތުރުކޮށްފައިވާނެކަމަށް މިނިސޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރާއްޖޭގައި ކިޔެވުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާނެކަމަށާއި، މާލީ ގޮތުން ތަނަވަސްކަން ނެތް މީހުންނަށް ލޯނު ދިނުމުގައި އިސްކަން ދީފައިވާނެކަމަށެވެ.

ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ފުރުސަތު ހުޅުވާލެވުނެވެ. ލޯނު އެހީގެ ދަށުން ތަޢުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ޤައުމަކަށްވެސް ދިއުމުގެ ފުރުސަތު ފަހި ކޮށްދެވިފައިވެއެވެ.

މިގޮތުން ލޯނު އެހީގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ލޯނު އިޢުލާންގައި ބަޔާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނު އެހީ ފޯރުކޮށްދޭނީ  އިޢުލާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން އެ ދަރިވަރަކު އިޚްތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.

މިފަހަރުގެ ލޯނު ސްކީމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ފުރަތަމަ ޑިގްރީ ސްކީމުގައި ކިޔަވަމުންދާ ދަރިވަރުންނަށް، އެދަރިވަރުންގެ އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް ސްލޮޓް ކަނޑައަޅައި ފުރުޞަތު ހުޅުވާލެވުނެވެ.

މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށް 120 ފުރުޞަތު ހުޅުވާލާފައިވެއެވެ.

އަދި މިއަހަރުގެ ލޯނު ސްކީމް އިޢުލާންކޮށްފައިވަނީ ލޯނުގެ އެޑްމިނިސްޓްރޭޓިވް ޗާރޖް %3 އިން %1 އަށް ކުޑަކުރުމަށްފަހުއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން 2018 ވަނަ އަހަރު 500 ފުރުޞަތަށް ހުޅުވާލާ 319 ވަނަ ދަރިވަރުންނަށް ލޯނުގެ ފުރުޞަތު ދީފައިވެއެވެ. އަދި 2019 ވަނަ އަހަރުގެ މާރިޗު މަހު އިޢުލާންކުރި 242 ފުރުޞަތަށް 84 ދަރިވަރުން ލޯނަށް ހޮވިފައިވެއެވެ. އަދި 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ދެވަނަ ބުރަކަށް ލޯނުގެ 163 ފުރުޞަތަށް ހުޅުވާލުމުން 165 ދަރިވަރުން ލޯނަށް ހޮވިފައިވާއިރު 2020 ވަނަ އަހަރު އިޢުލާންކޮށްފައިވާ 550 ފުރުޞަތަށް 514 ދަރިވަރުން ހޮވިފައިވެއެވެ. 2021 ވަނަ އަހަރުގެ 770 ފުރުޞަތަށް 450 ދަރިވަރުން ލޯނަށް ހޮވިފައިވާއިރު، 2022 ވަނަ އަހަރު 720 ފުރުޞަތަށް ހުޅުވާލާ 454 ދަރިވަރުންނަށް ލޯނު ދީފައިވެއެވެ. އަދި 2023 ވަނަ އަހަރު 720 ފުރުޞަތަށް އެދި 1507 ފަރާތުން ކުރިމަރިލާ 1225 ފަރާތަކަށް ލޯނު ލިބިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: