ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓިވެޓް ސެންޓަރުތައް ވެގެންދާނީ ޒުވާން އާބާދީއަށާއި އިޤްތިޞާދަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް: ޑރ މާރިޔާ

މިނިސްޓަރ ޑރ މާރިޔާ ރ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޓިވެޓް ސެންޓަރުތައް ވެގެންދާނީ ޒުވާން އާބާދީއަށާއި އިޤްތިޞާދަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށްކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ރ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިދަތުރުފުޅުގައި، ރ.އަލިފުށްޓަށްވެސް ޒިޔާރަތް ކުރައްވައިފައިވާއިރު، އެ ރަށުގައި ތަރައްޤީ ކުރަމުންދާ ޓިވެޓް ސެންޓަރު އޮޕަރޭޝަނަލައިޒް ކުރުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މިނިސްޓްރީގެ ޓީމުން، އަލިފުށީ ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. މާރިޔާ ދެއްކެވި ވާހަކަފުޅުގައި، މި އިންސްޓިޓިއުޓުން ފެންވަރު ރަގަޅު ޓިވެޓް ކޯސްތަކެއް ހިންގޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، މި ޓިވެޓް ސެންޓަރު ވެގެންދާނީ މި ސަރަޙައްދުގެ ޒުވާން އާބާދީއަށާއި އިޤްތިޞާދަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމުގައި ފާހަގަ ކުރެއްވިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރ.އަލިފުށީގައި ގާއިމުކުރާ ޓެކްނިކަލް އިންސްޓިޓިއުޓުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައިވާކަމަށް މިނިސްޓްރީއިން މައުލޫމާތު ދީފައިއެވެ. އެގޮތުން ބިލްޑިންގގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑުބައެއް ނިމި އެކްސްޓީރިއާ އަދި އިންޓީރިއާ ފިނިޝިންގ މަސައްކަތްތައް ދަނީ ކުރެވެމުންކަމަށާއި މި ޕްރޮޖެކްޓުގެ %80 ނިމި، އިންސްޓިޓިއުޓް ހިންގަން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު، ކިޔަވައިދޭނެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ވެސް ކުރިއަށް އެބަދާކަމަށް މިނިސްޓްރީއިން ބުނިއެވެ.

މިނިސްޓްރީއިން ބުނީ މިގޮތުން، ވޯލްޑް ބޭންކްގެ “މީރީ” ޕްރޮޖެކްޓުގެ އެހީގައި، ސްޓޭޓް-އޮފް-ދި-އާރޓް އައި.ސީ.ޓީ ލެބް ފަދަ ލެބޯޓަރީތަކަށް ބޭނުންވާ އިކުއިޕްމެންޓް އަދި ފަރުނީޗަރު ހޯދުމުގެ ޕްރޮކިޔުމެންޓް މަސައްކަތްތަކުގެ ބައެއް ބިޑް ކުރެވި، އަނެއްބައި މަސައްކަތްތައް ވަނީ އެވޯޑްކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުގެ ތެރެއިން ރަށްރަށުގައި ދަނާލު އެޅުމަށްޓަކައި ތާވަލެއް ކަނޑައަޅައި، ތަންފީޒު ކުރަން ފެށުމުގެ ގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ރ.ދުވާފަރުގައި އަޅާ ދަނާލުގެ މަޝްރޫޢު އިފްތިތާޙު ކޮށްދެއްވައި، އެރަށުގައި ދަނާލު އެޅުމަށްޓަކައި މި ދަތުރުފުޅުގެ ތެރެއިން ބިންވެސް ހަވާލު ކުރިއެވެ.

މި ރަސްމިއްޔާތުވެސް އިފްތިތާޙުކޮށްދެއްވީ ޑރ. މާރިޔާއެވެ. އަދި މިނިސްޓަރުގެ އަރިހުގައި އެ މިނިސްޓްރީގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

ހަފްތާ 14 މަގުޗާޓުގެ ދަށުން ކަނޑައަޅާ ރަށްރަށުގައި ދަނާލު ބިނާކުރުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި އިޢުލާނުކޮށް ތަންފީޒުކުރަން ފެށުމުގެ ގޮތުން 4 ރަށެއްގައި ދަނާލު ބިނާކުރުމުގެ ތަންފީޒީ ތާވަލު ވަނީ އެކުލަވާލައިފައިކަމަށް މިނިސްޓްރީއިން ބުނިއެވެ. ރ.ދުވާފަރުގައި މި މަސައްކަތް މިއަހަރު ތެރޭގައި ކުރަން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަނީ ފެށިފައިކަމަށް މައުލޫމާތު ދިން އިރު، އެގޮތުން ކޮންސެޕްޓް ރިވިޔު ކުރުމާއި، ރ.ދުވާފަރުން މި މަޝްރޫޢަށް ބިން ހަމަޖެއްސުމާއި، ޕްލޭނިންގ ފޭސްގެ އެހެނިހެން ތައްޔާރީތައް ވަނީ ފެށިފައެވެ. ރ.ދުވާފަރުގެ އިތުރުން ، ދަނާލު މަޝްރޫއު ކުރިއަށް ގެންދިއުމަށް މި ފަސް އަހަރަށް ތާވަލު ކުރެވިފައިވަނީ ގއ. ވިލިނގިއްޔާއި ފުވައްމުލައް ސިޓީއާއި ރ. ހުޅުދުއްފާރުގައެވެ.

މި ދަނާލު މަޝްރޫޢުގެ ސަބަބުން، އަމިއްލަ ރަށުން ލިބެން ނެތް، މަތީތަޢުލީމުގެ ފުރުޞަތުތައް ހޯދުމަށް، އެހެން ރަށްރަށަށް ދާން ބޭނުންވާ ދަރިވަރުންނަށް އެ ރަށްރަށަށް ގޮސް ޢާއިލާގެ މީހުންނާއެކު އަގުހެޔޮކޮށް ތިބެވޭނެ ފުރުސަތު ފަހިކޮށްދެވޭނެކަމަށް މިނިސްޓްރީއިން ބުނިއެވެ. މިކަމުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް މަތީތަޢުލީމު ހާސިލުކުރުމަށް ރަށްރަށަށް ގޮސް ތިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބި، ލުއި ފަސޭހަ ކަމާއެކު އެކަށޭނަ މާހައުލެއްގައި ކިޔަވަން ތިބެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަން މިނިސްޓްރީއިން ފާހަގަކުރެއެވެ. އަދި، އަގު ހެޔޮ، ފެންވަރު ރަނގަޅު އެކޮމަޑޭޝަންގެ ފުރުސަތު އެރަށްރަށުން ލިބިގެންދާނެކަމަށް ބުނިއެވެ.

ރ.ދުވާފަރުގައި ދަނާލު އެޅުމުގެ މަޝްރޫޢު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިރަށުގައި ދަނާލު ބިނާކުރެވިގެން ދިޔުމަކީ، މަތީ ތަޢުލީމުގެ ފުރުސަތުތައް މިރަށުގައި ފުޅާކުރުމަށް ހުޅުވިގެންދާނޭ ވަރަށް މުހިންމު ދޮރެއްކަމަށެވެ. އަދި މިރަށުގައި މަތީ ތަޢުލީމަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންގޮސް، ރަށުގައި ތިބެގެންވެސް މަތީ ތަޢުލީމު ހާސިލު ކުރުމަށް ފުރުސަތުތައް ލިބި ހުނަރުވެރި މަސައްކަތްތެރި ޒުވާނުންތަކެއް އުފެދިގެންދިއުމަކީ އެކަމަނާގެ ވަރަށް ބޮޑު އުންމީދެއްކަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: