ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ދާލަން: ދަ ބްރިޖް ޓު ޔުއާ ފިއުޗާ“ ގެ ނަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ އެކްސްޕޯއެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

”ދާލަން: ދަ ބްރިޖް ޓު ޔުއާ ފިއުޗާ“ ގެ ނަމުގައި އެކްޕޯއެއް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ނިންމައިފިއެވެ.

މިނިސްޓްރީއިން ބުނި ގޮތުގައި މި އެކްސްޕޯގެ މަގްސަދަކީ މަތީ ތައުލީމާއި ތަމްރީނާއި ހުނަރުތައް ތަރައްގީ ކުރުމަށް ހުރި ފުރުސަތުތަކާއި، މަސައްކަތްތެރިކަމާއި ކުރި މަގުގައި އިހުތިޔާރު ކުރާނެ ވަޒީފާއަކާއި ގުޅޭ ގޮތުން ޒުވާނުންނަށް މައުލޫމާތުދީ މަގު ދައްކައިދިނުމެވެ.

މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސްޕޯ މެދުވެރިކޮށް ފުރަމަތަ ޑިގްރީ ސްކީމާއި ސްކޯލާޝިޕްގެ ފުރުސަތުތަކާއި، މިނިސްޓްރީއިން ދޫކުރާ ސްޓޫޑެންޓް ލޯނުތަކާއި ގުޅޭ ގޮތުންވެސް މައުލޫމާތު ދޭނެއެވެ.

މި އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)، ނެޝަނަލް ޖޮބް ސެންޓަރ، މޯލްޑިވިސް ނެޝަނަލް ސިކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)، މޯލްޑްވްސް ޕޮލިޓެކްނިކް އަދި މޯލްޑިވްސް އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ބައިވެރިވުމާއިއެކުކަމަށްވާއިރު، މި އެކްސްޕޯގައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައްވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އެކްސްޕޯގައި ބައިވެރިވާ ކުންފުނިތައް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)
ދިރާގު
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ)
އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)
ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)

މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް އެމްއެންޔޫ, އައިޔޫއެމް އަދި މޯލްޑިވްސް ޕޮލިޓެކްނިކްގައި ހުރި ފުރުސަތުތަކުގެ މައުލޫމާތުވެސް ލިބެން މި އެކްސްޕޯއިން ލިބެން ހުންނާނެކަމަށް މިނިސްޓްރީއިން ބުނިއެވެ.

މިނިސްޓްރީއިން މައުލޫމާތު ހިއްސާކޮށްފައިވާ ގޮތުގައި މި އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 4 މާރޗް ވާ ހޯމަ ދުވަހުގެ، 4:00 އިން 6:00 އަދި 8:00 އިން 10:00 އަށެވެ. މި އެކްސްޕޯ ކުރިއަށް ގެންދަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: