ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޕީ އާއި ގުޅޭގޮތުން ގާސިމްއަށް ލިބިފައިވަނީ ދޮގު މައުލޫމާތު: ނާޒިމް

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް / ފޮޓޯ: އެމްއެންޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޕީއިން އޭނާ އާއި ދެކޮޅަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ބުނެ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ލިބިވަޑައިގެންފައިވަނީ ދޮގު މައުލޫމާތުތަކެއްކަމަށް އެ ޕާޓީގެ ލީޑަރު ދަނގެތި ދާއިރާގެ މެމްބަރު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ގާސިމްއަށް އެމްއެންޕީއާއި ގުޅޭ ގޮތުން މައުލޫމާތުތަކެއް ރައްޓެއްސަކު ހިއްސާކޮށްފައިވާކަމަށް އޭނާ ބުނާ ވީޑިއޯއެއް ހިއްސާކުރައްވާ، ނާޒިމްވަނީ ގާސިމްއަށް ރައްދު ދެއްވާފައެވެ. ނާޒިމް ވިދާޅުވީ، ގާސިމްއަށް ލިބިވަޑައިގެންފައިވަނީ ދޮގު މައުލޫމާތުތަކެއްކަމަށެވެ. އޭނާ ވިދާޅުވީ، ސައްހަ ނޫން މައުލޫމާތު ގާސިމްއަށް ބަޔަކު މީހުން ދިނުމަކީ، އޭނާއަށް އެ ފަރާތްތަކުން ދީފައިވާ ބޮޑު ގެއްލުމެއްކަމަށެވެ.

ނާޒިމް ވިދާޅުވީ، އޭނާ އަދި އޭނާއަށް ހެޔޮ އެދޭ ފަރާތަކުންވެސް ގާސިމް އަދި އެހެނިހެން ދިވެހި ރައްޔިތަކަށްވެސް ގެއްލުމެއް އަދި ނިކަމެތިކަމެއް ނުދޭނެކަމަށެވެ. ނާޒިމް ވިދާޅުވީ، ގާސިމް އަދި އެހެން އެއްވެސް މީހަކަށްވެސް ގެއްލުމެއް ދިނުމުގެ ވާހަކަވެސް އޭނާ އަދި ހެޔޮ އެދޭ ފަރާތްތަކުންވެސް ނުދައްކާނެކަމަށެވެ. ނާޒިމް ވިދާޅުވީ، އޭނާ ގާސިމްއަށް އިހުތިރާމް ކުރައްވާކަމަށެވެ. އަދި މަސައްކަތްކުރަމުންދަނީ ރައްޔިތުންގެ ހައްގުގައި އިހުލާސްތެރި މަސައްކަތްތަކެއް ގައުމަށް ކޮށްދެއްވުމަށް އަމާޒުކުރައްވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: