ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު މެޖޯރިޓީއެއް އޮވެގެން ގާނޫނު އަސާސީ ފަސޭހައިން އިސްލާހު ކުރެވުން ގޯސް: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮވެގެން ގާނޫނުއަސާސީ އެހާ ފަސޭހައިން އިސްލާހު ނުކުރެވޭނެ މެކޭނިޒަމެއް ހޯދަން ޖެހިފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރާ ގާނޫނުއަސާސީ ތަސްދީގު ކުރިތާ މިއަދު 16 އަހަރު ފުރުމާ ގުޅިގެން ގާސިމް ވިދާޅުވީ، މިއަދަކީ ދައުލަތުގެ ބާރުތައް ވަކިވެ، ދިވެހިންނަށް އާސާސީ ހައްގުތަކާއި ޑިމޮކްރެޓިކް އުސޫލުތަކަށް މަގުފަހިވެގެން ދިޔަ ދުވަސް ކަމަށެވެ.

ގާސިމް ވިދާޅުވީ މިހާތަނަށް ގާނޫނު އަސާސީއަށް މައިގަނޑު ދެ ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެ ދެ ފަހަރު ވެސް އެކަން ކޮށްފައި ވަނީ ވަރަށް ފަސޭހައިން ކަމަށް ވިދާޅުވިއެވެ. ނަމަވެސް މީގެ ކުރިން އެކަން އޮންނަނީ އެހާ ފަސޭހައިން ކުރެވޭ ގޮތައް ނޫންކަން ފާހަގަ ކުރައްވާ މެންބަރު ވިދާޅުވީ ހާއްސަ މަޖިލިސް އެއްކޮށްގެން ނޫނީ ގާނޫނުއަސާސީ އަށް އެއްވެސް ބަދަލެއް ނުގެނެވޭ ކަމަށެވެ. އަދި އެކަން އެގޮތަށް އޮތުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެހެން ނޫނީވިއްޔާ، ވަރަށް ފަސޭހައިން 75 ޕަސެންޓު ރައްޔިތުންގެ މަޖިލީހުގެ ތިބި މެންބަރުންގެ އަދަދުން ލިބޭ ވޯޓަކުން ގާނޫނު އަސާސީ ބަދަލުކުރެވޭ ކަމަށް ވަންޏާ އޭގެ ހުރި ނުރަނގަޅު ކަންތައްތަކެއް ވެސް އަތުވެދާނެ. އެކަމާ މެދުގަ ވެސް ވިސްނާލަން ޖެހޭ،

ހާއްސަ މަޖިލީހެއް އުފެއްދިޔަސް އެފަދަ ކަމެއް ދިމާވެދާނެ ކަމަށާއި ނަމަވެސް އޭރުން ގިރާކުރަން ޖެހޭ ހަރުފަތަށް މިހާރަށް ވުރެ ގިނަވާނެ ކަން މެންބަރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ބައެއްގެ ވިސްނުމަށް އަންނަ ޚިޔާލެއްގެ ސަބަބުން ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއް ނުވަތަ އިސްލާމް ދީނާ ގުޅޭ އަކުރުތަކަށް ވެސް ބަދަލުތަކެއް ގެނައުމުގެ ފުރުސަތު މިހާރު ބޮޑު ކަމަށެވެ.

އެހެންކަމުން އެކަން އެހާ ފަސޭހައިން ކުރެވޭނެ މަގުފަހިވެފައި އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ގާސިމް ފާހަގަކުރެއްވިއެވެ.

ގާނޫނުއަސާސީ އިސްލާހު ކުރަން މަޖިލީހަށް މިހާރު ލިބިފައިވާ ހުރިހާ ބާރެއް، އެގޮތަށް އޮތުމުގެ ބަދަލުގައި ކޮންމެވެސް މެކެނިޒަމްއެއްލާން ޖެހޭ އެހާ ފަސޭހައިން އެކަން ނުކުރެވޭނެ ގޮތެއް ހޯދަން،

2008 ވަނަ އަހަރުގެ ހަތެއް އޮގަސްޓްގައި ހަވަނަ ވަނަ ޤާނޫނު އަސާސީއެއް ހިންގަން ފެށުނެވެ. ފެހި ޤާނޫނު އަސާސީގެ ނަމުން ނަން ދެވި، މި ގާނޫނު އަސާސީ ތަސްދީޤުކޮށްދެއްވީ އޭރުގެ ރައީސް، މައުމޫން ޢަބުދުލް ޤައްޔޫމެވެ.

މިއީ ދައުލަތުގެ ތިން ބާރު ވަކިކުރެވި އެއްބާރު އަނެއްބާރަށް ފާރަވެރިވެވޭ ގޮތަށް އަދި އެއްބާރުގެ މައްޗަށް އަނެއްބާރުން ނުފޫޒު ނުފޯރުވޭގޮތަށް އެކުލަވާލެވުނު ޤާނޫނު އަސާސީއެވެ. އަދި ސިޔާސީ ޕާޓީ ތަކުގެ ދައުރު ފުރަތަމަ ފަހަރަށް ބަލައިގަނެ އެފަރާތްތަކުގެ ވާހަކަ ބަޔާންކުރި ޤާނޫނު އަސާސީއެވެ. މި ޤާނޫނު އަސާސީގައި 14 ބާބާއި 301 މާއްދާއާއި ތިން ޖަދުވަލާއި ޖުމްލަ 152 ޞޮފްހާ އެކުލެވިގެންވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: