ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަ ޑިމޮކްރެޓްސްއަށް ވަންނަން ފޯމުފުރި މެންބަރުންގެ ލިސްޓު އާންމުވެއްޖެ، ޕާޓީގެ ތުހުމަތުތައް އީސީއަށް!

ދަ ޑިމޮކްރެޓްސް ވަންނަން ބޭނުންވާ މީހުންގެ ފޯމުތައް އީސީއާއި ހަވާލުކުރަނީ..
ޝެއާރކޮށްލާ ކަހަލަދޯ؟

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމުތައް އާންމުވެފައިވާ ކަމަށް ބުނެ އެ ޕާޓީން އިލެކްޝަންސް ކޮމިޝަނުނުގެ މައްޗަށް ތުހުމަތުތަކެއްކޮށްފިއެވެ.

ދަ ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ނައިބު ރައީސްކަމުގައި ކުރިން ހުންނެވި މުހައްމަދު ޝިފާޒް ވިދާޅުވީ ޕާޓީ އުފެއްދުމަށް ބޭނުންވާ މެންބަރުން ހަމަކުރުމަށް ދިން ފުރުސަތުގެ ތެރޭގައި 3،560 ފޯމް ހުށައަޅާފައިކަމަށާއި، ނަމަވެސް ވެރިފިކޭޝަން ޕްރޮސެސް ހިންގަން އޮތް މުއްދަތުގެ ތެރޭގައި، އެ ފޯމުތަކުގައި ހުރި މައުލޫމާތު އާންމުވެފައިވާކަމަށެވެ. މިކަން ހިނގާފައި ވަނީ ގާނޫނުގެ ދަށުން އޮންނަ އުސޫލުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެބްސައިޓަށް އާންމުކުރުމުގެ ކުރިންކަމަށް ޝިފާޒް ވިދާޅުވިއެވެ. އަދި އީސީއިންވެސް އެ ލިސްޓު ވެބްސައިޓުގައި އާންމުކޮށްފައިނުވާނެކަމަށް ބުނިކަމަށް ޝިފާޒް ވިދާޅުވިއެވެ.

އާންމު މެންބަރުން އަތުގައި އެ ލިސްޓު އޮތުން، އެއީ އިންތިހާއަށް އަޅުގަނޑުމެން ކަންބޮޑުވާކަމެއް. އަދި އެއީ އަޅުގަނޑުމެން ކުށްވެރިކުރާކަމެއް.

ޝިފާޒް ވިދާޅުވިއެވެ.

މިއީ ކިހިނެއް ހިނގިކަމެއްތޯ ބެލުމަށްޓަކައި އީސީއަށް ހުށައަޅާފައިވާނެކަމަށާއި، އަދި އެކަން ތަހުގީގުކޮށްދިނުމަށް ފުލުހުގެ މުއައްސަސާއިވެސް އެދިފައިވާނެކަމަށް ޝިފާޒް ވިދާޅުވިއެވެ.

މިއީ ދަ ޑިމޮކްރަޓްސް އުފެއްދުމާއި ދެކޮޅަށް މި ސަރުކާރުގައި ތިއްބެވި ބޭފުޅުން އިންތިޒާމްވެގެން ކުރަމުން އަންނަކަމެއްކަކަން ލިބިފައިވާ މައުލޫމާތުތަކުން ހާމަވާކަމަށް ޝިފާޒް ވިދާޅުވިއެވެ. ސަރުކާރުގެ އިސް އޮފިޝަލުން އިން ފެށިގެން އާދައިގެ ގިންތީގައި ތިއްބެވި ސިޔާސީ މުވައްޒަފުންނާއި ހިސާބުގައި މި ލިސްޓުތައް ގެންގުޅޭކަމަށް ޝިފާޒް ތުހުމަތުކުރެއްވިއެވެ.

ދަ ޑިމޮކްރަސްޓްއިން އީސީއަށް ފޯމްތައް ހުށައެޅިއިރު ހިމަނާފައިނުވާ މައުލޫމާތުވެސް އެ ލިސްޓުގައި އެކި ގޮތް ގޮތުން ހޯދައިގެން އެބަހުރިކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއީ އީސީގެ ތެރެއިން ކޮށްފައިވާކަމެއްކަމާއި، މައުލޫމާތު ހޯދާފައިވަނީވެސް އީސީގެ ތެރެއިންކަން ވަރަށް ރަނގަޅަށް ސާފުވާކަމަށް ޝިފާޒް ވިދާޅުވިއެވެ. އެއީ އިތުރަށް ހޮދާފައިވާ މައުލޫމާތުތަކަކީ އީސީގެ ތެރެއިން ނޫނީ ނުލިބޭނެ މައުލޫމާތުތަކަކަށްވާތީކަމަށް ޝިފާޒް ދޭހަކޮށްދެއްވިއެވެ.

ފޯމު ފުރާއިރަކު ހަމަ ގާމުވެސް އަޅުގަނޑުމެންނަކަށް ނޭނގޭނެ، ފޯމް ފުރާފައި އިން ބޭފުޅާ އެއީ މިހާރު ކޮން ޕާޓީއެއްގައި އުޅޭ ބޭފުޅެއްކަމެއް ނޭނގޭނެ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނަށް މުޅި ލިސްޓު ބެލީމަ، އިނގޭނެ މިހާރު ޕާޓީއެއްގަ އިނިއްޔާވެސް ނެތިއްޔާވެސް. މި ހުރިހާ މައުލޫމާތަކާއިއެކީގައި އެވަނީ އެ ލިސްޓު އާންމުވެފައި.

ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ މިކަމުގައި ކަންބޮޑުވުން އޮތީ އާންމުކުރުމުން ނޫންކަމަށާއި، އެ ލިސްޓުގައި ތިބި މީހުންނަށް ސަރުކާރުން ބިރުދައްކަން ފެށުމުންކަމަށާއި، މީގެ ކުރިން ނިކުމެ ހޯދި ސިޔާސީ މިނިވަންކަން ގެއްލުމުންކަމަށެވެ. ވަޒީފާގެ ބިރާއި، އަދި ފްލެޓު ނުދޭނެކަމަށް ބުނެވެސް ބިރުދައްކާކަމަށް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ ސަރުކާރުގެ އިތުބާރު ރައްޔިތުންނަށް ގެއްލެމުންދާއިރު، ދައުލަތުގެ އިތުބާރުވެސް ގެއްލުވާލުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. މިނިވަން މުއައްސަސާތަކުންވެސް ސަރުކާރުން ކުރާ ނޭދެވޭ އަމަލުތަކަށް އެބާރުލުންދެއްވަޔޭ ވިދާޅުވާފަދަ މޭރުމަކުން ޝިފާޒް ވާހަކަދެއްކެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: