ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އާއި ރާއްޖޭގެ ދެމެދު 10 އެއްބަސްވުމެއް

ރާއްޖެ އަދި އިންޑީއާ ސަރުކާރުގެ އިސްވެރިން އެއްބަސްވުންތައް ގާއިމު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއާއި އިންޑިއާ ސަރުކާރާ ދެމެދު ގާއިމު ކުރި ”ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ސްކީމް ފޭޒް 2“ އެއްބަސްވުމުގެ ދަށުން ދިހަ މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީއިން ހާމަަކޮށްފައިވާގޮތުން، ދިވެހި ސަރުކާރުންވަނީ ރާއްޖޭގައި އާޓްސް އެންޑް ކަލްޗާއަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި މާލޭގައި އާޓު ސެންޓަރެއް ބިނާ ކުރުމަށް އެއްބަސްވުމެއް ގާއިމުކޮށްފައެވެ. މިނިސްޓްރީއިން ބުނެފައިވާގޮތުން ޅ ހިންނަވަރުގައި އާ ކައުންސިލު އޮފީހެއް ބިނާ ކުރުމަށްވެސް ސަރުކާރުންވަނީ އިންޑިއާ އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން، ހިންނަވަރު ކައުންސިލުގެ އާ އިމާރާތްވެގެންދާނީ އެ ރަށުގެ ކައުންސިލަރުންނަށާއި އަންހެނުން ކުރިއަރުވާ ކޮމިޓީ އަދި މުއައްޒިފުންނަށްވެސް މަސައްކަތްތެރި މާހައުލަކަށް ކަމަށެވެ.

ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްވެސް މަސައްކަތްތަކެއް ކުރުމަށް ކަނޑައެޅިފައިވާކަން މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ. އެގޮތުން އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ބަލީގެ ހާއްސަ ޔުނިޓެއް ގާއިމުކުރާނެކަމަށާއި އެހެންކަމުން، އެފަދަ ދަތިތައް ތަހައްމަލުކުރާ ފަރާތްތަކަށް ލުއިތަކެއް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.

”ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ސްކީމް ފޭޒް 2“ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަޝްރޫޢުތައް ފެށުމަށް ކަނޑައެޅިފައިވެއެވެ. އެގޮތުން ފުވައްމުލަކު ސުކޫލަށާއި، ކުޅުދުއްފުށީގެ އިތުރުން ނ ކެނދިކުޅުދޫ އާއި ލާމުގަމު ސުކޫލަށް 4 ސުކޫލުބަސް ހޯދުމަށްވެސް އެއްބަސްވުމެއް ގާއިމުކޮށްފައިވެއެވެ. އަދި ސަރުކާރުންވަނީ ލ އަތޮޅުގެ ތައުލީމީ މަރުކަޒު ޑިޖިޓަލައިޒް ކުރުމަށްޓަކައި މަޝްރޫޢެއް ފަށާފައެވެ. މިނިސްޓްރީއިން ބުނެފައިވާގޮތުން، އެ މަސައްކަތްތަކުގެ ތެރެއިން ސްމާޓު ޓީވީ ހަރުކުރެވިގެންދާނެއެވެ. އަދި އޮންލައިން ލައިބްރަރީއެއް ގާއިމުކުރުމާއި ސްމާޓު ސައުންޑު ސިސްޓަމެއްގެ އިތުރުން ޑިޖިޓަލް ކައުންޓު ޑައުން ބޯޑުތައްވެސް ހަރުކުރެވިގެންދާނެކަމަށް ފާހަގަކޮށްފައިވެއެވެ.

އިންޑީއާގެ އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢޫތަކުގެ ތެރެއިން ކުޅިވަރު ދާއިރާއަށްވެސް ސަމާލުކަން ދީފައިވެއެވެ. އެގޮތުން ށ މިލަންދޫގައި ދުވާ ޓްރެކެއް އެޅުމަށް ހަމަޖެހިފައިވާކަމަށާއި، އެކަމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ދުޅަ ހެޔޮ ދިރިއުޅުމެއް ފަހިވެގެންދާނެކަމަށް ފޮރިން މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.

އައްޑޫ ސިޓީގެ ތަރައްގީގެ މަސައްކަތްތައް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ރަސްމީ ގޮތުން ފައްޓަވައިދެއްވާފައިވާއިރު، ފޮރިން މިނިސްޓްރީއިންވަނީ ”ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ސްކީމް ފޭޒް 2“ ގެ ދަށުން އަައްޑޫގެ ހިތަދޫގައި އައުޓް ޑޯރ ޖިމުތަކެއް ގާއިމުކުރާނެކަންވެސް ހާމަކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ގދ ވާދޫ އާއި ހއ ދިއްދޫގައިވެސް އެފަދަ ޖިމުތަކެއް ގާއިމުކުރެވިގެންދާނެކަމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން އިންޑިއާއިންވަަނީ ރާއްޖެއަށް ޓިއުބާކިއުލޯސިސް އިން ދިފާއުވުމަށް ބޭނުންކުރާ ބޭސް ފޯރުވައިދިނުމަށްވެސް އެއްބަސްވުމެއް ގާއިމުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: