ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ 100 އިންސައްތަ ތާއީދު އަޅުގަނޑަށް އެބައޮތް: ރައީސް ނަޝީދު

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ 100 އިންސައްތަ މެމްބަރުންގެ ތާއީދު އެބައޮތްކަމަށް، މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީގެވެސް ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަގައި މަޖިލިސްގެ ތަޅުން ހޫނުވެފައިވަނިކޮށް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ ރައީސް ނަޝީދު ރިޔާސަތު ބަލަހައްޓަވަމުންދާ ގޮތާއިމެދު ނުރުހުން ފާޅުކުރައްވާފައެވެ. އަދި ވިދާޅުވީ މަޖިލީހުގެ މެންބަރުން ސުވާލު ކުރަންވީ ގޮތާއި، ސުވާލު ނުކުރަންވީ ގޮތުގެ މަޝްވަރާއާއި ހިޔާލު މެންބަރުންނަށް ރިޔާސަތުން ދިނުމަކީ މަޖިލީހުގެ ގަވާއިދު ހުއްދަކުރާކަމެއް ނޫންކަމަށެވެ. އަދި ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ދަނީ މަޖިލީހުގެ ގަވާއިދާއި ހިލާފަށްކަމަށް ޝަރީފް ވިދާޅުވިއެވެ.

އެއާއިއެކު ރައީސް ނަޝީދު ވަނީ ދެން ޝަރީފް އަށް ނިޒާމީ ނުކުތާގެ ފުރުސަތު ނާރުވާނެކަމަށް ވިދާޅުވެފައެވެ. އަދި ޝަރީފްގެ ނިޒާމީ ނުކުތާ ބަލައިނުގަންނަކަމަށާއި، އެމަނިކުފާނު ކަންކުރައްވަމުން އެދަނީ، ގަވާއިދާއި، ގާނޫނާއި، ގާނޫނު އަސާސީ އާއި އެއްގޮތަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއާއިއެކު ނިޒާމީ ނުކުތާއެއް ނަންގަވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން އަމަލު ކުރައްވަމުން ގެންދަވަނީ ގަވާއިދާ ހިލާފަށްކަމަށް ވިދާޅުވާ އެމްޑީޕީގެ މެންބަރުންނަށް މަޖިލީހުގެ މެޖޯރިޓީ އެބައޮތްކަމަށެވެ. އަދި ސުވާލުއުފެއްދެވީ ރައީސް ނަޝީދު އަދިވެސް ރިޔާސަތުގައި ބައިދައިގެން ތިއްބެވީ ކީއްވެގެންތޯއެވެ

މި ވާހަކަތަކާއިއެކު ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ 100 އިންސައްތަ ތާއީދު އެމަނިކުފާނަށް އޮތްކަން ކަށަވަރުކަމަށެވެ. އަދި ރިޔާސަތުން ކަންތައްތައް ކުރައްވަނީ ގާނޫނާއި އެއްގޮތަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މެންބަރުން ކުރައްވާ އިތުބާރަށާއި ބަހައްޓަވާ ގާތްކަމަށް ޝުކުރު އަދާކުރައްވާފައެވެ.

87 މެންބަރުންގެ ތެރެއިން، އެންމެ އިއްޒަތްތެރި މެންބަރަކުވެސް ނެތޭ، މި ރިޔާސަތަށް އިތުބާރު ނުކުރާ.

ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއާއިއެކު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ ރައީސް ނަޝީދު މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަވަނީ ގާނޫނާއި ހިލާފަށްކަމަށް ވިދާޅުވެ، އޭނާގެ ތާއީދު ރައީސް ނަޝީދަށް ނެތްކަން ހާމަކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އީސަ އެހެން ވިދާޅުވީތީ ހިތާމަކުރައްވާކަމަށާއި، ނަމަވެސް އެ މަގުގައި އިސަ ދެމިހުންނަވާނެކަމަށް ގަބޫލުނުކުރެވޭކަމަށާއި، އެކަމާއި ގުޅޭ ގޮތުން މެންބަރުން ދާއިރާގެ ރައްޔިތުންނާއި މަޝްވަރާކުރައްވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އިސަ އެހެން ވިދާޅުވީ އެހެން ސަބަބަކަށްޓަކައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ، އެމަނިކުފާނު ވަނީ އިސަ ދެއްކެވި ވާހަކަ ގަބޫލުކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: