ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް ކުރި ދެ ފްލެޓު ކުރީގެ ހާލަތަށް ރުޖޫއަކުރުމަށް 7 ދުވަސް ދީފި

ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އެއް އެޕާޓްމަންޓަކަށް ބަދަލުކުރި މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާގެ ދެ ފްލެޓު އެއް ކުރި ފަރާތަށް އަނބުރާ ކުރީގެ ހާލަތަށް ފްލެޓު ރުޖޫއަކުރުމަށް ހަތް ދުވަސްދީފައިވާކަމަށް އާބަންކޯއިން ބުނެފިއެވެ.

ހިޔާ ފްލެޓުގެ ދެ ފްލެޓު އެއް ކުރުމާއި އެކު، އުފެދިފައިވާ މައްސަލައަށް އަލިއަޅުވައި އާބްންކޯއިން ނެރިފައިވާ ބަޔާނެއްގައިވާގޮތުން، އެ ކުންފުނިންވަނީ މައްސަލައާއި ގުޅިގެން އެ ފަރާތް ޖޫރިމަނާކޮށްފައެވެ. އަދި ޔުނިތައް އަލުން ކުރީގެ ހާލަތަށް ރުޖޫއަކުރުމަށްވެސް އެންގިކަމަށް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން، އެ ފްލެޓުތަކުގެ ވެރިން އެންގުމާއިއެއް ގޮތަށް އަމަލުކޮށްފައިނުވެއެވެ. އެހެންކަމުން ފްލެޓުގެ އެއްބަސްވުން ބާތިލުކުރުމުގެ ވިސްނުން ގެންގުޅުނުކަމަށް އާބަންކޯއިން ހިއްސާކުރިއެވެ. އެ ކުންފުނިން ބުނެފައިވާގޮތުން، އެހެންނަމަވެސް  ފްލެޓުގެ ވެރި ފަރާތްތަކުންވަނީ އާބަންކޯއިން ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިކަމަށްވުމުން، އަދި ހުށައެޅުމުގެ ސަބަބުވެރިކަމަށް ބަލައި އިތުރު 7 ދުވަސް ދީފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: