ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެދުންކޮށް ހެދޭއިރު އަޅުގަނޑުގެ މިބޯ، ހުރުން ބޭނުމޭ އޭގެ ޝަހްސިއްޔަތެއް: ނަޝީދު

ޕީޖީ ލީޑަރު އަސްލަމް އާއި ރައީސް ނަޝިދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް ކަމުން  މުހައްމަދު ރައީސް ނަޝީދު ވަކި ކުރުމަށް އެދި މަޖިލީހަށް ހުށަހެޅުނު  އިތުބާރުނެތް ކަމުގެ މައްސަލައާއި ގުޅިގެން އެމްޑީޕީގެ ޕީޖީ. ލީޑަރު މުހައްމަދު އަސްލަމަށް ނަޝީދު ރައްދު ދެއްވައިފިއެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވައި އަލަށް އުފައްދަވާ ޕާޓީ ދަ ޑިމޮކްރެޓްސްގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖްގައި އަސްލަމަށް ދަންނަވަން ބޭނުންވާ މެސެޖް ދެއްވީ ޅެން ބައިތަކުންނެވެ.

ވެދުންކޮށް ހެދޭއިރު އަޅުގަނޑުގެ މިބޯ، ހުރުން ބޭނުމޭ އޭގެ ޝަހްސިއްޔަތެއް

ރައީސް ނަޝީދުގެ އެ ޅެންބައިތަކީ އަނދިރިއަނދިރިން ބޮޑު ތަކުރުފާނުގެ ބޯ ކަނޑައިލަން ވިޔަޒޯރަށް އެނގުމުން ބޮޑުތަކުރުފާނު ދެއްވި ރައްދު ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެކަމުގައި އަސްލަމަށް ދެއްވަން އޮތް ޖަވާބަކީ އަނދިރިއަދިރިންނަށް ބޮޑުތަކުރުފާނު ދެއްވި ޖަވާބު ކަމަށެވެ.

މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކި ކުރުމަށް 54 މެމްބަރަކު ސޮއިކޮށް މައްސަލަ ހުށަހަޅައި މަޖިލީން އެކަން އަންގާ އިއުލާން ކޮށްފައިވެއެވެ. އެގޮތުން މަޖިލީހުގެ އިދާރާއިން ހުސްވި ހަފްތާގައި ބުނެފައިވަނީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ލިބިފައިވާ ކަމަށާޢި އެކަން ކުރިއަށްދާނެ ކަމަށެވެ.

ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވަނީ މަޖިލިސްގެ ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތުމާއި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް ފުރުސަތު ނުދިނުމާއި، މެމްބަރުންގެ ބަހުސްގައި ބައިވެރިވުމާއި ވަކިވަކި މެމްބަރުންނާއި ޒާތީވުމުގެ އިތުރުން ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް ކުރިއަށް ނުގެންދިއުން ފަދަ ކަންކަމާއި ގުޅިގެން ކަމަށް މީގެ ކުރިން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެމްޑީޕީ ޕީޖީ މެމްބަރުންގެ އިތުރުން އަސްލަމް ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށް މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ އެއްބަޔަށްވާ މެމްބަރުން ސޮއިކޮށް ގަރާރު ހުށަހެޅުމަށް ގާނޫނުގައި ބުނެފައިވާއިރު އެ އަދަދަކީ 29 މެމްބަރުންގެ ސޮޔެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމަށް މުޅި މަޖިލީހުގެ ތިން ބައިކުޅަ ދެބައި އަގުލަބިއްޔަތު ބޭނުންވާއިރު،  އެމްޑީޕީގެ ހުރިހާ މެމްބަރުން ވޯޓްގައި ބައިވެރިވެއްޖެ ނަަމަ ނަޝީދު ނުހިމަނައި 56 މެމްބަރުންގެ ވޯޓް ލިބޭނެއެވެ. ރައީސް ކަމުގެ އިތުބާރު ނެތް ކަމަށް ބޭނުންވަނީ 44 ވޯޓެވެ.

މިވަގުތު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައިވުމާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދަކަށް ނީނދެވޭނެއެވެ. އެހެންކަމުން މިދައުރުގައި އެންމެ ދުވަސްވީ މެމްބަރެއްގެ ހައިސިއްޔަތުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ކަމަށް ބެލެވެނީ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ނުވަތަ ސަން ސިޔާމްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: