ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މަރުތަޅުއަޅުވައިގެން ނުތިބެވޭނެ: ރީކޯ މޫސަ

މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް މަރުތަޅުއަޅުވައިގެން ނުތިބެވޭނެ ކަމަށާއި، އެކަމަކީ މަޖިލީހުގެ ރައީސް އާއި ނައިބުރައީސް އަަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ރައްދު ދެއްވައިފިއެވެ.

މޫސަ ވިދާޅުވީ ގާނޫނު އަސާސީގެ ތިންވަނަ ބާބުގައިވާ 75 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލިސް ހުއްޓުމަކަށް ގެނެސްގެން މަޖިލީހުގެ އަމީންއާއްމާއި ރިޔާސަތަށް ނުތިބެވޭނެ ކަމަށާއި އެކަމަކީ އެގޮތަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަކުގައި މެމްބަރުން އަމަލު ކުރަންވާނީ ގައުމީ މަސްހަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެންކަމަށެވެ. އަދި އެއްވެސް މެމްބަރަކު އެމީހެއްގެ ނުވަތަ އެމީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށެވެ. އަދި އެބައިމީހުން އިންތިހާބުވީ ދާއިރާތައް ތަމްސީލު ކުރުމުގައި، މުޅި ގައުމާއި ހުރިހައް ރައްޔިތުންގެ ލާބައާއި މަންފާއަށް ރިއާޔަތްކުރަންވާނެ ކަމަށެވެ.

މި 19 ވަނަ މަޖިލީހުގެ ކުރީގެ ދައުރުތަކުގައި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ރާއްޖެއިން ބޭރުގައި ތިއްބަވައިގެންވެސް އަމީން އާއްމު  މަޖިލިސްގެ ޖަލްސާތައް  ކުރިއަށް ނުގެންދޭތޯ ވިދާޅުވެ މޫސަ ވަނީ ސުވާލުކުރައްވާފައެވެ. އެހެންކަމުން މޫސަ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ އެއްވެސް އުޒުރެއް އެކަކަށްވެސް ނުދެއްކޭނެ ކަމަށެވެ.

މޫސަ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަންޖެހޭނެ ކަމަށް ގޮވާލާފައިވަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

އީވާ ވިދާޅުވެފައިވަނީ މަޖިލީހުގެ ރިޔާސަތު އެއްކޮށް އިތުބާރުނެތް ކަމަށް ހުށަހެޅުމުން، މުޅި މަޖިލިސްގައި ސަރުކާރުން މަރުތަޅު އަޅުވާފައިވާ ކަމަށެވެ.

މީގެ އިތުރުން އީވާގެ އިތުބާރުނެތް ކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާ ކޮށްފައިވަނިކޮށް، މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވަނީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ މައްސަލަ ހުށަހެޅި ފަރާތަށް ސިޓީއެއް ފޮނުއްވާފައެވެ. އެސިޓީގައި ނިއުޝާ ވިދާޅުވެފައިވަނީ އީވާގެ މައްސަލަ އެޖެންޑާ ކުރެވެން ނެތީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލެވިފައިނުވާތީ ކަމަށާއި މަޖިލީހުގެ ނައިބު ރައީސްގެ މައްސަލައިގައި މެމްބަރުން ވާހަކަ ދައްކާނެ ވަގުތު ކަނޑައަޅަނީ އާއްމު ކޮމިޓީން ނިންމާ ފާސްކުރުމުން ކަމަށެވެ.

މޫސަ އިތުރަށް ވިދާޅުވެފައިވަނީ އެމްޑީޕީ އަކީ އަބަދުވެސް ގޮތް ހޯދާނެ ޕާޓީ ކަމަށާއި މިރާއްޖެއަށް އަބަދުވެސް ހެޔޮގޮތް ހޯދާނެ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އަދި އެޕާޓީގެ މެމްބަރުންނަކީ ވަކި މީހެއް، ވަކި އާއިލާއެއްގެ ފަހަތުން ނުދާނެ ޕާޓީއެއްކަން އެނގިގެންދާ ކަމަށެވެ. އަދި އެމްޑީޕީ އާއި އެކު ކުރިއަށްދާނެ އަޒުމާއި ހިތްވަރު ހުރި އެތަކެއް ދަރިންނެއް ތިބި ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: