ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި ފައިދާތަކާއެކު ހާއްސަ އޮފާތަކެއް އުރީދޫއިން ހައްޖުވެރިންނަށް ތައާރަފްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އާއިލާ އާއި ރައްޓެހިންނާއި ގުޅުވާލަދިނުމަށް އުރީދޫ މޯލްޑިވްސްއިން މިއަދު ވަނީ ބޮޑެތި ފައިދާތަކާއެކު ހާއްސަ އޮފާތަކެއް ތައާރަފްކޮށްފިއެވެ.

އެގޮތުން ރޯމިން ރޭޓުން %90 ޑިސްކައުންޓް ލިބޭ ދަތުރުވެރިންނަށް ހާއްސަ ސިމް ކާޑް – ހައްޖު ސިމް އަދި ހާއްސަ ރޭޓެއްގައި ސައުދީ އަރަބިއްޔާއަށް ގުޅާލެވޭ ސައުދީ އައިޑީޑީ ޕެކް ހިމެނެއެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަހަރު ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ކަސްޓަމަރުން އާއިލާ އާއި ރައްޓެހިންނާއި ފަސޭހަކަމާއެކު ގުޅާލުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީއެ ކުންފުންޏަށް ލިބޭ އުފަލެއްކަން އުރީދޫއިން ފާހަގަކުރިއެވެ. ހައްޖު ސިމް އަދި ސައުދީ އައިޑީޑީ ޕެކް މެދުވެރިކޮށް ހައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް އަދި ރައްޖޭގައި ތިއްބަވާ ބޭފުޅުންނަށްވެސް ރޯމިން ރޭޓުން 90 ޕަސެންޓް އާއި ހަމައަށް ޑިސްކައުންޓް ލިބުމަކީ ކަސްޓަމަރުންނަށް އިތުރު ހާސްކަމެއް ނެތި ހެޔޮ އަގެއްގައި ދަތުރުވެރިންނަށާއި އެބޭފުޅުންގެ އާއިލާއަށް އާއިލާ ފަސޭހަކަމާއެކު އިންޓަނެޓް މެދުވެރިކޮށް އަދި ފޯނުންވެސް ގުޅާލެވޭނެކަން އުރީދޫއިން ފާހަގަކުރެއެވެ.

  • ސައުދީ އައިޑީޑީ ޕެކް

ސައުދީ އައިޑީ ޕެކް މެދުވެރިކޮށް ރާއްޖޭގައި ތިއްބަވާ ހައްޖުވެރިންގެ އާއިލާ އާއި ރައްޓެހިންނަށް އެންމެ 150 ރުފިޔާއަށް 100 ސައުދީ އައިޑީޑީ މިނެޓާއި 1 ޖީބީ ސޯޝަލް ޑޭޓާ (ވައިބާ، ވަޓްސްއެޕް، އައިއެމްއޯ) ލިބިވަޑައިގަންނަވާނެއެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ބައްލަވައިގަނެވޭ މި ޕެކް އެކްޓިވޭޓް ކުރެއްވުމަށް އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ ”SD150“ ޖެއްސެވުމަށް ފަހު 1111 އަށް އެސްއެމްއެސް ކުރެއްވުމަށް އުރީދޫއިން ވަނީ އެދިފައެވެ.

  • ޙައްޖު ސިމް

ހައްޖުވެރިންނަށް ހާއްސަ މި ސިމް މެދުވެރިކޮށް ރޯމިން ރޭޓުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، ކަސްޓަމަރުންނަށް ރޯމިންގް ވޮއިސް، ޑޭޓާ އަދި އެސްއެމްއެސް އެންމެ ހެޔޮ އަގުގައި ބޭނުންކުރެވޭނެއެވެ. ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭ މި ހާއްސަ ސިމް މިހާރު ގެންގުޅުއްވާ ސިމް ކާޑު ހައްޖު ސިމަކަށް ގްރޭޓާ މާލެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު (އޯއީސީ) ތަކުން އަޕްގްރޭޑް ކުރެވޭނެއެވެ. ސެލްފް ކެއާ ޕޯޓަލް my.ooredoo.mv މެދުވެރިކޮށް ނުވަތަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކަށް ޒިޔާރަތްކޮށްގެން ކަސްޓަމަރުންނަށް ރޯމިންގެ ހިދުމަތް އެކްޓިވޭޓް ކުރެވޭނެއެވެ. އަދި 6#*929* އަށް ގުޅައިގެން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ ރޯމިން ސާވިސް އެކްޓިވޭޓް ކުރެވެއެވެ.

ދަތުރުކުރުމުގެ ކުރިން ސިމް އެޕްލިކޭޝަން ސެޓިން ”އޮޓޮމެޓިކް“ އަށް ސެޓްކޮށްލުމުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ސައުދީ އަރަބިއްޔާގައި ރޯމިންގެ ހިދުމަތް ބޭނުންކުރެވޭނެއެވެ. ހައްޖު ސިމް އެކްޓިވޭޓް ކުރުމަށްފަހު ޕްރީޕެއިޑް ޕްލޭނަކަށް ނުވަތަ ބިލް ކޮންޓްރޯލް ޕޯސްޓްޕެއިޑްއަކަށް، އާދައިގެ ސިމް ކާޑަކަށް ބަދަލުކޮށްލެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: