ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބޭނީ ވައްކަން ހުއްޓުވައިގެން، ރައްޔިތުން ވަގުންނަކަށް ވޯޓެއް ނުދޭނެ: އަފީފް

ވިލުފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ލިބޭނީ ވައްކަން ހުއްޓުވައިގެންކަމަށާއި، ރައްޔިތުން ވަގުންނަކަށް ވޯޓެއް ނުދޭނެކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މުދަލާއި ހިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލްކުރުމަށް ސަރުކާރަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށައެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ ތަކެތީގެ އަގު ހެޔޮވާނެ ގޮތްތަކެއް ހޯދުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށެވެ. އަދި އޭނާ ސުވާލުއުފެއްދެވީ ތަކެތީގެ އަގު ބޮޑުވެގެންދާ ސަބަބާއިމެދުއެވެ. އެއީ ދުނިޔޭގެ ބާޒާރުގައި އެއްޗެހީގެ އަގު ބޮޑުވާތީކަމަށް މި ވާހަކަތަކަށް ރައްދުދެއްވާ ސަރުކާރުން މެންބަރުން ވިދާޅުވާކަމަށް އަފީފް ފާހަަގަކުރިއެވެ.

މީގެ ކުރިންވެސް ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުބޮޑުވިކަމަށާއި، ނަމަވެސް މި ދަތިކަން ރައްޔިތުންނަށް ތަހައްމަލު ކުރަން ނުޖެހޭކަމަށް ފާހަގަކޮށް އަފީފް ވިދާޅުވީ އެއީ ސަރުކާރުތަކުގެ ސިޔާސަތުތަކުގެ ސަބަބުންކަމަށެވެ.

ކޮބައިތޯ ރައްޔިތުންގެ ޖީބަށް ލިބުނު ލުއިކަމެއް. ނެތޭ ލިބުނު ލުއިކަމެއް އިނގޭތޯ. ތަކެތީގެ އަގު ބޮޑުވެގެން މިދަނީ ކޮން ސަބަބަކާއި ހެދިތޯ؟ ފައިސާ ދަނީ އިތުރަށް ޗާޕުކުރަމުން. ރާއްޖޭގެ. މި ދައުލަތުގެ ނޫނީ ސަރުކާރުގެ ކުންފުނިތަކުގައި ހިނގަނީ ވައްކަން.

މި ސަރުކާރަށް ފައިސާ ޗާޕުކުރާކަމުގެ ތުހުމަތުކުރައްވާ އަފީފް ވަނީ ސަރުކާރުގެ ކުންފުނިތަކުގެ މައްޗަށް ވައްކަމުގެ ތުހުމަތުވެސް ކޮށްފައެވެ. ރިޝްވަތުދޭކަމަށާއި، ތަކެތީގެ އަގު ބޮޑުވެގެން ދަނީ މިފަދަ ސަބަބުތަކަށްޓަކައިކަމަށް އަފީފް ވިދާޅުވިއެވެ.

ނަމަވެސް މިކަންކަން ހުއްޓުވުމަށް މި ސަރުކާރުން މަސައްކަތް ނުކުރާކަމަށް ވިދާޅުވެ އަފީފް ވަނީ، މި ވާހަކަތައް ދެއްކުމުން ސަރުކާރަށް ކުރާ ޖެއްސުމެއްގެ ގޮތުގައި ސިފަކުރާތީ ނުރުހުން ފާޅުކުރައްވާފައެވެ. އަފީފް ވިދާޅުވީ ސަރުކާރުން ވައްކަމުގެ އަމަލުތައް ހިންގާކަން ރައްޔިތުންނަށް އެނގޭކަމަށާއި، ރައްޔިތުން ވަގުންނަކަށް ވޯޓު ނުދޭނެކަށެވެ. އެހެންކަމުން މިއީ ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ދައްކާ ވާހަކައެއްކަމަށް އަފީފް ވިދާޅުވިއެވެ.

ރައީސް ސާލިހު ދެވަނަ ދައުރަކަށް ވެރިކަން ބޭނުންނަމަ ކުރައްވަން ޖެހޭ މަސައްކަތަކީ ސަރުކާރުގެ ތެެރޭގައި ހިނގާ ވައްކަންތައް ހުއްޓުވުންކަމަށާއި، އަދި އެމީހުން އިންސާފުގެ މަގަށް ގެނައުމަކީ ރައީސް ސާޅިހުގެ މަސްއޫލިއްޔަތެއްކަން އަފީފް ފާހަގަކުރެއްވިއެވެ.

ޑޮލަރު ކިހިނެއްތޯ؟ 15.42 އަށް ޑޮލަރުގެ އަގު އޮންނަނީ ރަސްމީކޮށް، އެކަމަކު ދުވަހަކުވެސް އެ އަގަކަށް ޑޮލަރެއް ގަންނާކަށް ނުލިބޭ، ސަރުކާރުން އެމްއެމްއޭން ދޫކުރާ ޑޮލަރު ކޮންމެސް ވަޒީރެއްގެ ތައްޕާހުން، އެހެން ކޮންމެސް މީހަކަށް ދީ އަގު ބޮޑުކޮށް ބާޒާރުގައި ވިއްކަނީ.

މީގެ އިތުރުން އަފީފް ވަނީ ރަސްމީކޮށް އިއުލާނުކޮށްފައިވާ ޑޮލަރުގެ އަގު، 15.42 އަކަށް ޑޮލަރު ގަންނަން ނުލިބޭކަމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ. އަދި މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ނުފޫޒު ފޯރުވައިގެން، ބޮޑު އަގުގައި ޑޮލަރު ވިއްކަމުންދާކަމަށް އަފީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: