ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާއްމު ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު ކަނޑައެޅުން އަވަސްކުރަން އެމްޑީޕީން އެދިއްޖެ

ހިތަދޫ އުތުރު ދާއިރަގެ މެމްބަރު އަދި އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީއެއް ކަމަށްވާ އާއްމު ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު ހޮވުމަށް ބާއްވާ ކޮމިޓީގެ ބައްދަލުވުން އަވަސްކޮށްދިނުމަށް އެދި އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އަށް ސިޓީއެއް ފޮނުވައިފިއެވެ.

މި ޖޫން މަހުގެ 11 ވަނަ ދުވަހު މަޖިލީހުގެ އަމީން އާއްމު ނިއުޝާ އަށް އަސްލަމް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އާއްމު ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރުގެ މަގާމް ވަނީ ހުސްވެފައިކަމަށެވެ. އެހެންކަމުން އެ މަގާމްތަކަށް މެމްބަރުން އިންތިހާބު ކުރުމަށްޓަކައި ބާއްވަންޖެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވުމުގެ އިންތިޒާމް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހަމަޖައްސަވައި ދެއްވުމަށް ވެސް އަސްލަމް މަޖިލީހުގެ އަމީން އާއްމަށް ފޮނުވި ސިޓީަގައި ބުނެފައިވެއެވެ.

އަސްލަމް އަމީން އާއްމަށް ސިޓީ ފޮނުވާފައިވާއިރު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ މައްސަލަ އެޖެންޑާއިން ނެގުމަށް އަމީން އާއްމު ނިންމާފައިވަނީ މަޖިލީހުގެ ކޮމިޓީތަށް އެކުލަވާނުލެވިފައިވާ ކަމަށް ބުނެއެވެ.

އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި 14 ދުވަހުގެ ނޯޓިސް ހަމަވާ ދުވަހަކީ ޖޫން މަހުގެ 11 ވަނަ ދުވަހެވެ. އެހެންކަމުން އެ މައްސަލަ ޖޫން 11 ވީ އާދިއްތަ ދުވަހަށް އެޖެންޑާ ކޮށްފައިވަނިކޮށް މަޖިލީހުގެ އަމީން އާއްމު ވަނީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި މައްސަލަ ހުށަހެޅުއްވި ފަރާތަށް ސިޓީ އަކުން އެވާހަކަ ދަންނަވާފައެވެ.

ނިއުޝާއަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ މިހާރު މިއޮތް ހާލަތުގައި ރިޔާސަތު ބެލެހެއްޓެވެމުން އުޒުރުވެރިވެ ވަޑައިގަތުމަކީ އެމަނިކުފާނަށް ލިިބިވަޑައިގަންނަވާ އިހްތިޔާރެއްކަމަށެވެ. އަދި އެމައްސަލަ ވަކި ގޮތަކަށް ނިމެންދެން އެ އިހުތިޔާރުގެ ބޭނުންކުރައްވާނެކަމަށްވެސް  ވިދާޅުވެފައިވެއެވެ. ނަމަވެސް މަޖިލީހުގެ ގަވައިދު ބަޔާންކުރާ މިންވަރަށެ ހުރިހާ ކަމެއް ހިންގެވުމުގައި ދެމިހުންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: