ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

24 ގަޑީރަށް ހުއްޓާލުމަށްފަހު، ސޫދާނުގައި އަލުން ހަމަނުޖެހުންތައް ފައްޓައިފި

ސޫދާންގެ އަސްކަރިއްޔާ: ފޮޓޯ/ ރޮއިޓާރޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ސޫދާންގައި ކުރިއަށްދާ ހަމަނުޖެހުންތައް 24 ގަޑީރަށް ހުއްޓިފައި އޮތުމަށްފަހު، އަލުން ފެށިއްޖެއެވެ.

ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން، ސޫދާންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން 1.9 މިލިއަނަށްވުރެ ގިނަ އަދަދެއްގެ މީހުންގެ ދިރިއުޅުންވަނީ ގެއްލިގޮސްފައެވެ. އަދި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު، އެ މުޅި ސަރަހައްދަށް ކުރުމުގެ ބިރު ހީވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

ސޫދާންގައި ވޭތުވެދިޔަ  އަށް ހަފްތާއެއް ހާ ދުވަހު ބޮޑެތި ހަމަނުޖުހުންތައް ހިނގުމަށްފަހު، ހުއްޓާލުމަށް އެއްބަސްވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އެހެންނަމަވެސް 24 ގަޑިއިރަށްފަހު، އެ ގައުމުގެ ވެރިރަށުގައި ބަޑިޖެހުމުގެ އަޑުތަކާއި ހަމަލާބަދަލުކުރެވޭ އަޑުތައް އިވެން ފެށިއެވެ. ހަމަލާތައް ބަދަލުކުރެވެމުންދަނީ އުފެދިފައިވާ ވާދަވެރި އަސްކަރީ ފެކްޝަންތައް ދެމެދުގައެވެ.

މަންޒަރު ދުއް ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވާގޮތުން، 24 ގަޑީރަށް ހަމަނުޖެހުންތައް ހުއްޓާލުމަށް ވި އެއްބަސްވުމުގެ ވަގުތު ނިމުމާއިއެކު، އެ ގައުމުގެ ވެރިރަށާއި ގާތުގައިވާ ސަރަހައްދުތަކުގައިވެސް ހަމަނުޖެހުންތައް ހިނގާފައިވެއެވެ. އަދި ނީލަ ކޯރުގެ އައްސޭރި ފަށުގައިވެސް ހަމަނުޖެހުންތަކުގެ އަސަރުތައް ހުރިކަމަށް ބުނެފައިވެއެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން، ވެރި ރަށުގެ ބޭރުގެ ސަރަހައްދުތަކާއި ބުރިޖެއް ހުރި ސަރަހައްދެއްގެ ގާތުގައި ބަރު ހަތިޔާރުގެ ބޭނުންކޮށް ހަމަލާތައް ބަދަލުކުރެވިފައިވެއެވެ.

ސޫދާނުގައި ހަމަނުޖެހުންތައް ހިނގަމުންދަނީ އެ ގައުމުގެ އަސްކަރިއްޔާ އަދި ވާދަވެރި އަސްކަރީ ޖަމާއަތަކާއި ދެމެދު ހަނގުރާމައެއް ފެށުމާއިއެކުއެވެ. މި ހަނގުރާމަ ފެށިފައިވަނީ ބައިނަލްއަގުވާމީ ފަރާތްތަކާއި ގުޅިގެން، އާންމުންގެ ވެރިކަމެއް ގާއިމު ކުރުމަށް މަސައްކަތްތައް ފެށުމާއި ގުޅިގެންނެވެ. އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން 1.9 މިލިއަނަށްވުރެ ގިނަ މީހުންނަށް ނޭދެވޭ އަސަރުތައް ކުރާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، މިކަމުގެ ސަބަބުން ބޮޑު ކާރިސާއެއް ސޫދާން އަދި ވަށައިގެންވާ ސަރަހައްދަށްވެސް ކުރިމަތިވެދާނެކަމަށް ބައެއް ފަރާތްތަކުންދަނީ ބުނަމުންނެވެ.

ހަމަލާ ބަދަލުކުރުމާއި ހަމަނުޖެހުންތައް މައިގަނޑުގޮތެއްގައި ވެރިރަށުގައި އޮތް އިރު، އެ ސަރަހައްދުވަނީ ފޭރުން ފަދަ އަމަލުތަކުގެ ހާލިއަކަށް ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: