ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޫދާނުގައި ހަމަސް ދުވަހުގެ ތެރޭގައި ނުވަހާސް މީހުން މަރުވެއްޖެ: އދ

ސޫދާނުގެ މަންޒަރެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަ މަސް ދުވަހުގެ ތެރޭގައި ނުވަހާސް މީހުންގެ ފުރާނަ ގެއްލިފައިވާކަމަށް އދ އިން ބުނެފިއެވެ.

އދ އިން ބައިނަލްއަގުވާމީ މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން، އެ ގައުމުގެ އަސްކަރިއްޔާ އަދި ހަނގުރާމަވެރި ޖަމާއަތެއް ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން 9000 އަށް ވުރެ ގިނަ މީހުން މަރުވެފައިވުމަކީ ދުނިޔޭގެ ތާރީހުގައި ހިނގާފައިވާ އެންމެ ބިރުވެރި އެއް ހާދިސާކަމަށެވެ.

ސޫދާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ފެށިފައިވަނީ މިދިޔަ އެޕްރިލް މަހުގެ މެދެއްހާ ހިސާބުގައެވެ. މައްސަލަ އުފެދިގެންދިޔައީ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނަރަލް އަބްދުލް ފައްތާހު ބުރުހާން އަދި ހަނގުރާމަވެރި ޖަމާއަތުގެ އިސްވެރިޔާ މުހައްމަދު ހަމްދާން ޑަގާލޯ ދެމެދު ކަންކަން ހޫނުވެ ހަނގުރާމައަށް ބަދަލުވުމާއިއެކުއެވެ. އދ އިން ބުނެފައިވާގޮތުން ވޭދުވެދިޔަ ހަ މަސްދުވަހު އެ ސަރަހައްދުގެ އާންމުނަށް ލޭ އޮހޮރުވުމާއި ބިރުވެރިކަމުން ސަލާމަތެއް ލިބިފައިނުވާކަމަށެވެ. އެގޮތުން ރޭޕާއި ޖިންސީ ގޯނާގެ ބިރުވެރި މައްސަލަތަކާއި ގުޅޭ ރިޕޯޓުތައް ފެންމަތިވަމުންދާކަމަށް އދއިން ފާހަގަކުރިއެވެ.

މައްސަލަ ފެށުނީ ސޫދާނުގެ ކަރތޫމުގައިކަމަށްވީނަމަވެސް ހަމަނުޖެހުންތައްވަނީ މުޅި ގައުމުގެ ތެރެެއަށް ފެތުރި ކުރިންވެސް ހާލު ގޯސް ދާރުފޫރަށްވެސް ވެރިވެފައެވެ. އދ އިން ބުނެފައިވާގޮތުން އެ ގައުމުގައި ކުރަމުންދާ ހަނުގުރާމައިގެ ތެރެއިން އެތައް ހާސް ބަޔަކު މަރުވެފައިވާއިރު އެތައް މިލިއަން ބަޔަކު މީހުންނަށް ގެދޮރު ދޫކޮށް އެހެނިހެން ސަރަހައްދުތަކަށާއި ގައުމުތަކަށްވެސް ދިރިއުޅުން ބަދަލުކުރަންޖެހިފައިވާކަމަށެވެ. އދ އިން ބުނެފައިވާގޮތުން ހަމަނުޖެހުންތަކުގެ ނަތީޖާއަކީ މުޖުތަމައުތައް ރޫޅި  އަސާސީ ބޭނުންތައް ނުފުއްދޭނެ ބަޔަކު އުފެދިގެންދިއުމެވެ. އަދި އެކަމުގެ ސަބަބުން އަރިމަތީ ގައުމުތަކަށް އިންސާނީ އެހީތައް ފޯރުވަންޖެހިފައިވާކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: