ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޫދާނުގެ ސަރުކާރުގެ އިސްވެރިއަކު ރަހުމުކުޑަގޮތަކަށް މަރާލައިފި

މާރާލެވިފައިވާ ސޫދާނުގެ ދާރުފޫރުގެ ގަވަނަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސޫދާނުގެ ސަރުކާރުގެ އިސް ފަރާތެއް މަރާލިކަމުގެ ތުހުމަތު އެގައުމުގެ އަސްކަރިޔާއާއި ހަނގުރާމަކުރަމުންދާ ރެޕިޑްސް ސަޕޯޓް ފޯސަސް ޖަމާއަތުގެ މައްޗަށް ކުރެވިއްޖެއެވެ.

ސޫދާނުގައި ހިނގަމުންދާ ހަމަނުޖުހުންތައް ގޯސްވެ އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ހާލުގައި ޖެހެމުންދާއިރު، ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުންވަނީ އެ ގައުމުގެ އިސް އޮފިޝަލަކު ހަމަލާއެއްގެ ތެރެއިން މަރުވެފައިވާކަން ކަށަވަރުކޮށްފައެވެ. ބައެއް މީޑިއާތަކުން ބުނެފައިވާގޮތުން، އާރްއެފްއެސްގެ މައްޗަށް ކުރެވެނީ، މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގެ ގުނަވަންތައް ވަކި ކުރުމުގެ ތުހުމަތުތަކެވެ. މި މައްސަލަ ފެންމަތިވެފައިވަނީ ދާރުފުރު ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން މަރަމުންދާކަމުގެ ރިޕޯޓުތައް ކުރެވެމުންދަނިކޮށެވެ.

ސޫދާނުގައި ހަމަނުޖެހުންތައް އުފައްދަމުންދާ އާރްއެފްއެސްއިން މަރާލާފައިވާކަމަށް ބުނަމުންދަނީ ހުޅަނގު ދާރުފޫރުގެ ގަވަނަރެވެ. އޭނާ މަރާލާފައިވާކަމަށް ބުނަނީ، ސައުދީގެ ޓީވީ ސްޓޭޝަނަކަށް ދިން އިންޓަރވިއުއެއްގައި އާރްއެފްއެސްގެ ހަރަކާތްތަކަށް ފާޑުކިޔުމުގެ ސަބަބުންނެވެ. އެގޮތުން އޭނާވަނީ ގަސްތުގައި ވަކި ނިސްލެއް ނުވަތަ ދަރިފަސްކޮޅެއް ނުވަތަ ޖަމާއަތެއްގެ ބަޔަކު ނައްތާލުމަށްޓަކައި މަސައްކަތްކުރާކަމުގެ ތުހުމަތު އަމާޒުކޮށްފައެވެ.

ސޫދާނުގައި ހިނގަމުންދާ ބޮޑެތި ހަމަނުޖެހުންތަކުގެ ވާހަކަތައް ރިޕޯޓުކުރެވެމުންދާތާ ތިން މަސްދުވަހާއި ގާތްކުރަނީއެވެ. ހަމަނުޖެހުންތަކުގެ ތެރެއިން 2000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓުކުރެވިގެންދާއިރު، ހަގީގީ އަދަދުތައް އެއަށްވުރެވެސް ގިނަވެދާނެކަމަށް ކަމާއި ބެހޭ މާހިރުން ލަފާކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: