ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސަތާއި ހަވާލްނުވެ ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހދ ކުޅުދުއްފުއްޓަށް ވަޑައިގެންފިއެވެ.

ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގަތީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މަޖިލިސް ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިފައިވާތީ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ އަމީން އާއްމު ފާތިމަތު ނިއުޝާ އަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީ އާއި ގުޅިގެން އަމީން އާއްމު ވެސް ވަނީ މަޖިލީހުގެ ރައީސް އިއްޔެ އަށް ސިޓީއެއް ފޮނުއްވާފައެވެ.

ނިއުޝާގެ ސިޓީގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލެވިގެންވާ ގޮތް ކަނޑައެޅުމާއި މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އާއްމު ކޮމިޓީން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ކުރުމަށް އެކޮމިޓީ ބޭއްވުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އެއްބާރުލުން ދިނުމަށް އެދިފައިވެއެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ ނޯޓިސްގެ މުއްދަތު ހަމަވުމުގެ ކުރިން މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ މައްސަލައިގައި އެއްބާރުލުންދީ ރިޔާސަތު ބަލަހައްޓަވައި ދިނުމަށްވެސް ވަނީ އެދިފައެވެ. ނިއުޝާގެ ސިޓީގައި ރައީސް ނަޝީދު އޭނާ އަށް ފޮނުއްވި ސިޓީގައި މަޖިލީހުގެ މަސައްކަތްތަކަށް ބުރުލެއް ނާރުވައި ގަވާއިދާ އެއްގޮތަށް އަމަލުކުރައްވާނެ ކަން ވިދާޅުވެފައިވާތީ އެކަމަށް އަލިއަޅުައްވައި އަމީން އާއްމަށް އެއްބާރުލުން ދިނުމަށް އެދިފައިވެއެވެ.

މީގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގައި އެމްޑީޕީ އަށް މެޖޯރިޓީ ނުގެއްލޭ ގޮތަށް އެކަށަ އެޅުމަށް އެދި މަޖިލީހުގެ އިދާރާ އަށް ސިޓީއެއް ފޮނުއްވާފައެވެ.

އަސްލަމް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީސް އަލަށް އެކުލަވާލުމަށްފަހު ހިނގާ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ދާއިމީ ކޮމިޓީޓަކަށް މެންބަރުުން އިންތިހާބުކުރަންވާނެކަންކަމަށާއި، އެއަށްފަހު މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަބަދުވެސް ދެމި އޮންނާނއެކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާއާއި 131 ވަނަ މާއްދާގައި ދާއިމީ ކޮމިޓީތަކުގައި ތިބޭ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީއިން އެ މެންބަރުން ވަކިވުމުން އަމަލުކުރަންޖެހޭ ހަމަ ބަޔާންކޮށްފައިވާކަމަށާއި، މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީ ބަދަލުވެއްޖެނަމަ ނުވަތަ މެންބަރަކު ނުވަތަ ގެނެވޭ އެއްވެސް ހާލަތެއް އެ ދެ މާއްދާގައި ބަޔާންކޮށްފައިނުވާކަމަށް އަސްލަމް މަޖިލީހަށް ފޮނުވި ސިޓީގައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަކީ މެނދުނުކެޑޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ ކޮމިޓީތަކެއްކަން މަޖިލީހުގެ ގަވާއިދުގެ 149 ވަނަ މާއްދާއިންވެސް ސާފުކޮށް އެނގޭކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: