ޔޫކްރެއިންއިން ރަަޝިއާއަށް ދެމުންދާ ހަމަލާތަކުން އެ ގައުމަށް ހަނގުރާމައިގައި ކުރިއެރުންތަކެއް ލިބިގެން ނުދާކަމަށް ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.
ޔޫކްރެއިން އިން ދިފާއު ކުރުމުގެ އިތުރުން ރަޝިއާއަށް ހަމަލާ ދިނުމުގެ މަސައްކަތްތައްވެސް ފަށާފައިވާކަމަށް އެ ގައުމުގެ ރައީސް ވޮލޮޑޮމިރް ޒެލިންސްކީވަނީ ދާދި ފަހުން ހާމަކުރައްވާފައެވެ. ހަނގުރާމައިގެ މައިދާނު އިތުރަށް ހޫނުވަމުންދާއިރު، ޕުޓިންވަނީ ޔޫކްރެއިންގެ ހަނގުރާމައިގެ އުކުޅުތަކަށް އިޝާރާތް ކުރައްވާ ފާޑުވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ، ޔޫކްރެއިންއިން އެ ގައުމަށް ދެމެންދާ ހަމަލާތަކުގެ އެއްވެސް ފައިދާއެއް ވެގެން ނުދާނެކަމަށެވެ. އަދި އޭނާ ވަނީ އެ ގައުމުގެ މާލީ ބާރުވެރިކަމަށް އިޝާރާތްކުރައްވާފައިކަމަށްވެސް ބައެއް ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އޭނާ މި ވާހަކަތައް ދެއްކެވީ، ޔޫކްރެއިން އަށް ރަޝިއާ ބަލިކުރެވިދާނެކަމަށް ޒެލެންސްކީ ވިދާޅުވެފައިވަނިކޮށެވެ.

